ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މެއި 15) - ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ކާލޯ އަންޗެލޮޓީ ހަވާލުވާއިރު، އޭނާގެ އެސިސްޓަންޓް ކޯޗަކަށް ބްރެޒިލްގެ ކުރީގެ ތަރި، ކަކާ ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރެއާލް މެޑްރިޑްގެ ކޯޗުކަމުން މި މަހު 26 ވަނަ ދުވަހު ވަކިވެ، އަންޗެލޮޓީ ވަނީ ބްރެޒިލާ ހަވާލުވާން ނިންމައިފަ އެވެ. އަންޗެލޮޓީ އަށް ދެނީ ކިތައް އަހަރުގެ ކޮންޓްރެކްޓެއް ކަމެއް ހާމަކޮށްފައިނުވި ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން، އޭނާގެ މުސާރަ އަކީ އަހަރަކު 11 މިލިއަން ޑޮލަރެވެ.
އަންޗެލޮޓީއާ އެކު، ރެއާލުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުން، އޭނާގެ ދަރިފުޅު، ޑަވިޑޭ އަންޗެލޮޓީ އެވެ. ބްރެޒިލް ޓީމަށް އަންނަން ޑަވިޑޭ އަށް ފުރުސަތު ދިން ނަމަވެސް، އޭނާ ދެން ބޭނުންވަނީ ހެޑް ކޯޗެއްގެ ގޮތުގައި ކެރިއަރު ފަށަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބަޔާ ލެވަކޫސަންގެ ކޯޗަކަށް އިޓަލީގެ ކްލަބް ކޯމޯގައި ހުރި، ސެސްކް ފަބްރެގަސް ދިއުމުން، އެ ޓީމުގެ ކޯޗަކަށް ޑަވިޑޭ ގެންނަން އަންނަނީ ވާހަކަ ދައްކަމުންނެވެ.
ޑަވިޑޭ ލިބެން ނެތުމާ އެކު، އަންޗެލޮޓީ، ބްރެޒިލްގެ އެސިސްޓަންޓަކަށް ގެންނަން މަސައްކަތް ފަށާފައިވަނީ، ކަކާ ކަމަށް ބްރެޒިލްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. ކަކާ ވަނީ އަންޗެލޮޓީގެ ކޯޗުކަމުގައި އިޓަލީގެ އޭސީ މިލާނަށް ކުޅެފަ އެވެ. ކަކާ، 2017 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު، ކޯޗިން ރޯލަށް ވުރެ، ކުޅިވަރުގެ އެޑްމިނިސްޓްރޭޓިވް ރޯލުތަކުގައި އަންނަނީ މަސައްކަތް ކުރަމުންނެެވެ.
އަންޗެލޮޓީ ބޭނުންވަނީ ބްރެޒިލްގެ އެސިސްޓަންޓް ކޯޗަކަށް ކަކާ: ރިޕޯޓް އަންޗެލޮޓީ ބޭނުންވަނީ ބްރެޒިލްގެ އެސިސްޓަންޓް ކޯޗަކަށް ކަކާ: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ