ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައިނުވާކަން ސިންގަޕޫރު ސަރުކާރުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ޒަރޫރީ ބޭނުމެއްގައި މެނުވީ ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށް ސިންގަޕޫރު ސަރުކާރުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައިވާ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ މައުލޫމާތު ފޮރިން މިނިސްޓްރީން ދޮގުކޮށްފި އެވެ.
މާލޭގެ އިމާރާތަކުން ވެއްޓުނު ޒުވާން އަންހެންނަކަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި، މާލޭގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ސަމާލުވުމަށް އެދި ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީއެއްގެ ސްކްރީން ޝޮޓެއް ސޯޝަލް މީޑިޔާގައި ވަނީ ދައުރުކޮށްފަ އެވެ.އަދި އެ ސްކްރީން ޝޮޓުގެ މައްޗަށް ބިނާކޮށް، ބައެއް މީޑިޔާތަކުން އެ ހަބަރު ވެސް ގެނެސްދީފައިވެ އެވެ.
ނަމަވެސް، އެ ސްކްރީން ޝޮޓުގައިވާ އެޑްވައިޒަރީއަކީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން، އޭރު މާލޭގައި ކުރި މުޒާހަރާތަކާ ގުޅިގެން ނެރެފައި އޮތް އެޑްވައިޒަރީއެއް ކަން އެނގިފައިވެ އެވެ.
އެކަން ކަށަވަރުކޮށްދީ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއާ ގުޅޭގޮތުން އެފަދަ އިލްތިމާސްއެއް ފަހުގެ ތާރީހެއްގައި ސިންގަފޫރު ސަރުކާރުން ނެރެފައިނުވާކަން ސިންގަޕޫރު ސަރުކާރުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން، ސޯޝަލް މީޑިޔާގައި ދައުރު ކުރަމުންދާ ބަޔާނަކީ ސިންގަޕޫރު ސަރުކާރުން މި ފަހުގެ ތާރީހެއްގައި ނެރެފައިވާ އިލްތިމާސެއް ނޫންކަން ފާހަގަކުރަމެވެ،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ރާއްޖެއާ އެކުވެރި ގާތްގުޅުން ދަމަހައްޓަމުންދާ ގައުމުތަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ދިވެހި ރައްޔިތުންނަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް، ހަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ގައުމުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް މިނިސްޓްރީން އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރާއްޖެ ނާންނަން ސިންގަޕޫރުން އިލްތިމާސް ކުރި ވާހަކަ ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ