ބަލިމީހުންނަށް ބޭނުންވާ ބޭސްތައް އިތުރު ތަކުލީފަކާއި ނުލާ ފާމަސީތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިކަމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހިމް އާއި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ޑރ.އައިޝަތު ޝިހާމްގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އާސަންދަ އަދި އެންސްޕާގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއް މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ އަމާޒާ އެއްގޮތަށް ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ބޭސް ލިބުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމާއި ގުޅޭގޮތުން ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ބަލްކްޕްރޮކިއުމަންޓް ނިޒާމުގެ ދަށުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ މާކެޓްތަކުން ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ކުރެވެން ހުރި މަސައްކަތްތަކާއި، ބަލްކްޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ބޭސް އެތެރެކުރާއިރު، ސަރުކާރުން ވައުދުވެފައިވާ ފަދައިން ކޮލިޓީ ރަނގަޅު ބޭސް ގެނައުމާއި، އެނިޒާމުގެ ތެރެއިން ގެނެވޭ ބޭސްތަކާއި ގުޅޭގޮތުން މައުލޫމާތު ޑޮކްޓަރުންނަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.
މި މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ހެލްތާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އެންސްޕާ އަދި އާސަންދަ ގުޅިގެންނެވެ.
އޭއޯ ރޯދައިގެބަދިގެ: ސޮސެޖް ޗީޒް ޕަފް އޭއޯ 7 ވަނަ މަދަޙަ މުބާރާތުގެ 1 ވަނަ އައިޝަތު ލަޢާލީ ޢަލީ އަށް މި އަހަރުގެ “ރޯދަ ހަދިޔާ “ހަވާލު ކުރުމުގެ ޕްރޮގްރާމް ހުޅުމީދޫ ޕޮލިސްޓޭޝަނުން ނިންމާލައިފި އެމްއެމްއޭގެ، ޑެޕިއުޓީ ގަވަރުނަރު އަހްމަދު އިމާދު އިސްތިއުފާ ދެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ