އިމިގްރޭޝަން ކޮންޓްރޯލަރަކަށް ކުރީގެ ސީޕީ ފަސީހު އައްޔަންކޮށްފި
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަހުމަދު ފަސީހު ދެންމެ އައްޔަން ކުރައްވައިފި އެވެ.ފުލުހުންގެ ހިދުމަތުގައި 23 އަހަރު ހޭދަކުރެއްވުމަށް ފަހު، ފަސީހު ރިޓަޔާ ކުރެއްވީ 2012 އިގަ އެވެ. އެކަމަކު، އޭގެ ފަހުން އޭނާ ވަނީ ޕޮލިސް ބޯޑުގައި ޑިސެމްބަރު 12، 2022 އިން ފެށިގެން މަސައްކަތް ކުރައްވައިފަ އެވެ.ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ 3:35 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިމިގްރޭޝަން ކޮންޓްރޯލަރުކަމުގެ މަގާމަށް ފަސީހު މިރޭ އައްޔަންކުރައްވައިފައިވާ ކަމަށެވެ.އޭނާ އެ މަގާމަށް އައްޔަންކުރައްވައިފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށް ހީނާ ވިދާޅުވިއެވެ.ކުއްލި ގޮތަކަށް މިރޭ މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކުރީ އޭނާގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަކާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ