ސަރުކާރުގެ ލޯނުގައި އެކި ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާ ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ނުލިބޭކަމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައި ވިޔަސް މިނިސްޓްރީން ޖަވާބު ދާރީވަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ދަރިވަރުންގެ ޝަކުވާތަކާ ގުޅިގެން އަދަދުން ސުވާލުކުރުމުން ހައިދަރު ވިދާޅުވީ، ލޯނާ ގުޅިގެން އަދި އެހެން ކަންކަމުގައި ދަރިވަރުން ފޮނުވާ އީމެއިލްތަކަށާއި ސިޓީތަކަށް ބަރާބަރަށް އެ މިނިސްޓްރީން ޖަވާބުދާރީވަމުން ދާ ކަމަށެވެ.
"އަޅުގަނޑުމެން ލިބޭ އީމެއިލްތަކަށް ބަރާބަރަށް ޖަވާބު ދެން އިނގޭތޯ. ދެން ހުރެދާނެ ކަންނޭނގެ ފަހަރެއްގަ ކޮންމެވެސް ކަމެއް ލަސްވެފަ. އެހެން ނޫނިއްޔާ ނުހުންނާނެ،" ހައިދަރު ވިދާޅުވި އެވެ.
ހައިދަރު މިހެން ވިދާޅުވި ނަމަވެސް، މިދިޔަ ދެތިން ހަފުތާ ސޯޝަލް މީޑިއާގައި އެތައް ދަރިވަރުންނެއް އަދި ދަރިވަރުންގެ އާއިލާތަކުންވެސް ވަނީ މިނިސްޓްރީން ޖަވާބު ނުލިބޭ ކަމަށް ބުނެ ޝަކުވާ ކޮށްފަ އެވެ.
ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓުކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތިތައް ބަޔާންކޮށް ސަރުކާރަށް ހުށަހެޅި ޕެޓިޝަނަށް އެއްވެސް ޖަވާބެއް ނުދޭތީ އެ ދަރިވަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިވަގުތު ބާސެލޯނާގައި 50 އެއްހާ ދަރިވަރުން ކިޔަމުންދާއިރު އެ ދަރިވަރުން ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅީ ވިސާގެ ކަންކަމުގައި ދިމާވެފައިވާ ދަތިތަކާއި މާލީ ގޮންޖެހުންތައް ފާހަގަ ކުރުމަށްފަހެވެ.
ފެބްރުއަރީ 22، ގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަށް ރައްދުކޮށް ހުށަހެޅި ޕެޓިޝަނުގައި ބާސެލޯނާގައި ތިބި ގިނަ ދަރިވަރުން ސޮއިކޮށްފައިވެ އެވެ. ނަމަވެސް، ޕެޓިޝަން ހުށަހެޅިތާ ތިން ހަފުތާ ވެފައިވާއިރު މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ދަރިވަރުން ބުނެ އެވެ.
ސްޓޫޑެންޓް ލޯނުގެ ދަށުން އެކި ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ އެކި ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން އެ ދަރިވަރުންނާއި ބެލެނިވެރިން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ މިނިސްޓަރު ހައިދަރު އާ ރަސްމީކޮށް ސުވާލު ވެސް ކޮށްފަ އެވެ.
ޖަވާބު ނުދޭކަމުގެ ހެއްކާއެކު ދަރިވަރުން ޝަކުވާ ކުރާއިރު ހައިދަރު ވިދާޅުވަނީ ޖަވާބުދޭ ކަމަށް ޖަވާބު ނުދޭކަމުގެ ހެއްކާއެކު ދަރިވަރުން ޝަކުވާ ކުރާއިރު ހައިދަރު ވިދާޅުވަނީ ޖަވާބުދޭ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ