މެޑްރިޑް (މާޗް 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު ވާދަކުރި ބުރުގެ ދެ ވަނަ ލެގުގައި ޕެނަލްޓީން ރެއާލް މެޑްރިޑް ކުރިހޯދި މެޗުގައި އެތުލެޓިކޯގެ ހޫލިއަން އަލްވަރޭޒް ޖެހި ޕެނަލްޓީއާ މެދު މައްސަލަ ޖެއްސުމުން ރެއާލްގެ ކީޕަރު ޓިބައޯ ކޯޓުއާ އަށް އެތުލެޓިކޯގެ ރައީސް އެންރިކޭ ސެރޭޒޯ ނުރުހުން ފާޅުކޮށްފި އެވެ.
މީގެ ކުރިން އެތުލެޓިކޯ އަށް ކުޅުނު ކޯޓުއާ ވަނީ އެ މެޗުގައި އަލްވަރޭޒް ޖެހި ޕެނަލްޓީ ޑަބަލް ޓަޗްވެފައިވާ ކަމަށް ރެފްރީ އަށް ޝަކުވާކޮށްފަ އެވެ.
ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) ބެލުމަށް ފަހު އެ ޕެނަލްޓީ ވަނީ ޑަބަލް ޓަޗްވެފައި ކަމަށް ނިންމާފަ އެވެ.
އެތުލެޓިކޯގެ ރައީސް ސެރޭޒޯ ވަނީ ކުޅުންތެރިން "ސެކްރިފިޝަލް މެންޓާލިޓީ" ގެންގުޅުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި މިކަހަލަ ކަންކަމަށް ކުޅުންތެރިން ރޯން ނުޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އޭނާ މި ގޮތައް ވާހަކަ ދެއްކީ އެ ޕެނަލްޓީ ކޯޓުއާ އެޕީލް ކުރުމާ ގުޅިގެންނެވެ.
މީގެ އިތުރުން، ސެރޭޒޯ ވަނީ ކޯޓުއާ "އަނގަމަޑުން ލައިގެން ހުންނަން ޖެހޭ" ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ކޯޓުއާ އަށް އެތުލެޓިކޯ މެޑްރިޑުން ކޮށްދިން ކަންކަން ބަލައިގަންނަން ޖެހޭނެ ކަމަށް ވެސް ސެރޭޒޯ ވިދާޅުވެފައިވެ އެވެ.
އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވެސް ވަނީ އަލްވަރޭޒްގެ މި ޕެނަލްޓީގެ މައްސަލައިގައި ޔުއެފާ އަށް ވަރަށް ބޮޑަށް ނުރުހުންފާޅުކޮށްފަ އެވެ. އެތުލެޓިކޯ އިން މި ޕެނަލްޓީ މައްސަލައިގައި ޔުއެފާ އަށް ވަނީ ވަކިން ލިޔުމެއް ވެސް ހުށަހަަޅައިފަ އެވެ. އެއީ، މުސްތަގުބަލުގައި މި ފަދަ ކަންކަން މި އަށް ވުރެ ރަނގަޅަށް ބެލުމުގެ މުހިންމު ކަމަށް އަލި އަޅުވާލައިފަ އެވެ.
ޕެނަލްޓީގެ މައްސަލައިގައި އެތުލެޓިކޯގެ ރައީސްގެ ނުރުހުން ކޯޓުއާ އަށް ޕެނަލްޓީގެ މައްސަލައިގައި އެތުލެޓިކޯގެ ރައީސްގެ ނުރުހުން ކޯޓުއާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ