ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަަށް އިންޑިއާ އިން 36,941 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތުގައި އައި 29,250 ޓޫރިސްޓުންނާ އަޅާބަލާއިރު 26 ޕަސެންޓް އިތުރުވުމެފައިވެ އެވެ.
މިދިޔަ އަހަރުގެ މިހާތަނަށް އިންޑިއާ އިން އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 26 ޕަސެންޓް އިތުރުވެފައިވާއިރު ޗައިނާ މާކެޓުން 40 ޕަސެންޓުގެ ބޮޑު ކުރިއެރުމެއް ފެންނަން ފަށައިފި އެވެ.
ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަަށް އިންޑިއާ އިން 36,941 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތުގައި އައި 29,250 ޓޫރިސްޓުންނާ އަޅާބަލާއިރު 26 ޕަސެންޓް އިތުރުވުމެފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް އިންޑިއާއިން ރާއްޖޭގައި ޓޫރިޒަމްގެ ހިއްސާއަކީ 6.3 ޕަސެންޓެވެ. އަދި އޮތީ ޓޫރިޒަމް ލިސްޓުގެ ހަ ވަނާގަ އެވެ. މި އަހަރުގެ މިހާތަނަށް ހިއްސާ ކުރަނީ 5.0 ޕަސެންޓެވެ. މި އަހަރުގެ މިހާތަނަށްވެސް އޮތި ހަ ވަނާގަ އެވެ.
މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާއިން 40 ޕަސެންޓުގެ ބޮޑު ކުރިއެެރުމެއް މިދިޔަ އަހަރާ އަޅާބަލާއިރު އައިސްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން 81,001 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރު އައިސްފައިވަނީ 57,389 ޓޫރިސްޓުންނެވެ.
ރާއްޖެއަށް ދެން އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމު ކަމަށްވާ ރަޝިއާ އިން މި އަހަރުގެ މިހާތަނަށް 76,243 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 46,348 ޓޫރިސްޓުންނެވެ. މިިއީ 60 ޕަސެންޓުގެ ބޮޑު އިތުރުވުމެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 736,775 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 693,869 ޓޫރިސްޓުންނާ އަޅާބަލާއިރު 6.2 ޕަސެންޓުގެ އިތުރުވުމެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މުހިންމު 2 މާރުކޭޓުން ކުރިއެރުން | އިންޑިއާ 26%، ޗައިނާ 40%
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ