އެއާޕޯޓު މަޝްރޫއުގެ ކްރެޑިޓު ނެންގެވުމަށް މަސައްކަތް ކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ އެހެން އުޅޭނީ ކުޑަކުދިން ކަމަށް އެއާޕޯޓު މަޝްރޫއުގެ ކްރެޑިޓު ނެންގެވުމަށް މަސައްކަތް ކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ އެހެން އުޅޭނީ ކުޑަކުދިން ކަމަށް

ކުރިއަށް އޮތް މިނިވަން ދުވަހު ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރެއްވުމުގެ ގިނަ މަސައްކަތްތަކެއް ކުރީ މި ވެރިކަމުގައި ކަމަށް ވިދާޅުވުމަށް ފަހު، މަޝްރޫއުތަކުގެ ކްރެޑިޓް ނެގުމަކީ ކުޑަކުދިން އުޅޭގޮތަށް އުޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަޝްރޫއުގެ ފެކްޓްސްތައް ބަލާ ކޮންމެ މީހަކަށް ވެސް ބަލާ ކޮން މަސައްކަތެއް ކުރީ ކޮން ސަރުކާރެއްގައި ކަން ފެންނަން ހުންނާނެ ކަމަށެވެ.
"ދެން މިކަމުގަ ނުޖެހެއެއް ނޫންތޯ، ތިމަންނައެއް ގިނަ މަސައްކަތް ކުރީ، ތިމަންނައޭ ކުރީ، އެއީ ކުޑަކުދން އުޅޭ ގޮތް ކަންނޭނގެ. އެހެން އުޅޭކަށް ނުވާނެ ދެން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ޕޮޑްކާސްޓުގައި މިއަދު ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ، ޓާމިނަލް މަޝްރޫއުގެ ސްކޯޕު އޮތީ ސިމެންތި ފިނިޝިން އެއްގައި އެތަން ނިންމުން ކަމަށާއި، ކޮންމެހެން ބޭނުންވާ ގިނަ ކަންކަން ކުރުމުގެ ޕްލޭނެއް ވެސް ނެތް ކަމަށް ވިދާޅުވެ އެ މަޝްރޫއުގެ ކްރެޑިޓު ނަންގަވާފަ އެވެ.
އެގޮތުން, ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވެސް ޒިޔާރަތްކުރި އެއް ތަނަކީ ޓާމިނަލުގެ މަސައްކަތު ސައިޓު ކަމަށާއި އޭރު މަސައްކަތް ގޮސްފައި އޮތް ހިސާބު ވަރަށް ސާފުކޮށް އެ ދުވަހު އެނގުނު ކަމަށް ރައީސް ވިދާޅުވި އެވެ. ހާއްސަކޮށް ޓާމިނަލަށް ދާ މަގާއި ޑިއުޓީ ފްރީ ސަރަހައްދުގެ މަސައްކަތް ހަވާލުކޮށްފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ އެއާޕޯޓު މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެށި މަޝްރޫއެއް ކަމަށާއި ބޮޑުބައި ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް އެ ދެ ބޭފުޅުން ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި އެކްޓިވިސްޓުން ބުނަމުން ދަނިކޮށެވެ.
"ޓާމިނަލް އޮޕަރޭޝަނަލް ވަންޏާ ކުރަންޖެހޭ ކިތަންމެ ކަމެއް ހުރި. އަދި، ޕްރޮޖެކްޓުގެ ސްކޯޕް ތެރޭގަ، ހަވާލު އެކި ފަރާތްތަކާއި ކޮށްފަ ނުވާ ކީ އެތައް ކަމެއް ވެސް ހުރި. ހަވާލުކުރަންޖެހޭ،" ރައީސް މިއަދު ވިދާޅުވި އެވެ.
އެއާޕޯޓުގެ މައި މަގާއި ޓާމިނަލް ގުޅުވާލުމަކީ މި ސަރުކާރުން ޕްލޭންކޮށް، ބަޔަކާއި ހަވާލުކޮށްގެން ކުރި ކަމެއް ކަމަށާއި އެއީ ކުރިން ސްކޯޕުގައި އެއްވެސް ގޮތަކަށް ނެތް ކަމެއް ކަމަށް ވެސް މިއަދު ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަދި، މި ވެރިކަން ފެށުނުއިރު ނިމިފައި އޮތީ ހަމައެކަނި ޓާމިނަލް އިމާރާތުގެ 53 އިންސައްތަ ކަމަށާއި އެއީ އެކަމުގެ ވަށައިގެންވާ މަސައްކަތްތަކެއް ހިމެނޭ އަދަދެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ