ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ، ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ހާމަކޮށްފިއެވެ.
އެގޮތުން މެޓް އޮފީހުން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ 17 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށެވެ.
އަދި ވައިވާބާރުބުމުގެ ސަބަބުން ވިލާގަނޑުގައި އިތުރަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، ކަނޑުތަކާއި ކަނޑު އޮޅިތަކުގެ އިތުރުން ވިލާގަނޑު ގަދަވާނެކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކޮށްފާނެކަމަށް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެ އިދާރާއިން ވަނީ މި ދުވަސްވަރު މޫސުން ގޯސްވާނެކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރަމުން، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުން ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ވިދާޅުވެފައިވެއެވެ.
އެހެންކަމުން މި ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދެމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާ އެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު، 191 އަށް ގުޅުއްވާށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ