މިނިސްޓަރު ސައީދުގެ ބައްޕަ، ސައީދު އަބްދުﷲ އަވަހާރަވެއްޖެ
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ބައްޕަ، ހއ. ތުރާކުނު، ވިނަރެސް، ސައީދު އަބްދުﷲ އަވަހާރަވެއްޖެ އެވެ.ސައީދު އަބްދުﷲ ވަނީ ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާފަ އެވެ.ސައީދު އަބްދުﷲ އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ.ރައީސް ޑރ. މުޙައްމަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރު މުޙައްމަދު ސައީދުގެ ލޮބުވެތި ބައްޕާފުޅު ވިނަރެސް، ހއ. ތުރާކުނު، ސަޢީދު ޢަބްދުﷲ އަވަހާރަވި ހަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާއެކުގައި ކަމަށެވެ.ރައީސް ވަނީ މަރްހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ