ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ ޔާމީން ބްރޯކޮމްގެ އެސްޖީއަކަށް
ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ އެސްޖީއަކަށް އައްޔަނުކޮށްފިއެވެ. އެ ކޮމިޝަނުން މިއަދު ކުރި ޕޯސްޓެއްގައި ވަނީ، އޭނާއަށް މަރުހަބާ ކިޔާފައެވެ. އެ ޕޯސްޓުގައި ވަނީ، އެ ކޮމިޝަންގެ މަސައްކަތްތައް ބަލަހައްޓައި ކުރިއެރެވުމުގައި އޭނާގެ އެހީ ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ބުނެފައެވެ. މިދިޔަ މަހުގެ 25ގައި ޒީނިޔާ އެސްޖީގެ މަގާމުން ވަކިކުރީ ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައިއާއި ކޮމިޝަން ހިންގުމުގައި އިހުމާލުވެ، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިޙުތިރާމު ކުޑަކުރާ ކަމަށް ބުނެއެވެ. މަގާމުން ވަކިކުރުމުގެ ކުރިން މިދިޔަ މަހުގެ 20ގައި ބްރޯޑްކޮމްއިން އޭނާ ތިން ދުވަހަށް ސަސްޕެންޑު ކުރިއެވެ. އެއާއެކު އެކަމާ ގުޅިގެން އިހުތިޖާޖު ކުރުމުގެ ގޮތުން ކޮމިޝަންގެ ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލުމަށް ފަހު, ގެއަށް ގޮސްފައިވެއެވެ. އޭގެ ކުރިން، ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހުގެ 18ވަނަ ދުވަހު ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ. ނަމަވެސް، ޕެޓިޝަނެއް ހުށަހެޅިއިރު, އެ ކަންބޮޑުވުންތައް ކޮމިޝަންގެ މެންބަރުންނާ ހަމައަށް ގެނެސްފައި ނުވާ ކަމަށް, ކޮމިޝަންގެ ރައީސް ޞަފާ ޝަފީގް ވަނީ މީގެކުރިން ވިދާޅުވެފައެވެ. އެއަށްފަހު، މި މަހުގެ ފަހެއްގައި ބްރޯޑްކޮމްއިންވަނީ އެސްޖީގެ މާގަމަށް ކުރިލަތިލާން ހުޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ