ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރަކަށް ކުރީގެ ޕްލޭނިން އެންޑް ނެޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ހަމްދޫން ހަމީދު އައްޔަނުކޮށްފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިނޭންސްގެ އެޑްވައިޒަރަކަށް ހަމްދޫން އައްޔަނުކޮށްފައިވަނީ، މިނިސްޓަރުގެ ފެންވަރުގައެވެ. އަދި އައްޔަނުކުރައްވާފައިވަނީ މިހަފްތާގެ ތެރޭގައެވެ.
ހަމްދޫން އަކީ ކުރީގެ ރައިސް މައުމޫނުގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަމުގެ އިތުރުން ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަންވެސް ކުަރައްވާފައެވެ. ހަމްދޫން ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުގެ މަގާމުވެސް ފުރުއްވާފައެވެ.
ހަމްދޫން ހަމީދަކީ ކުރީގެ މިނިސްޓަރު ޢަބްދުﷲ ހަމީދުގެ ބޭފުޅެކެވެ. ހަމްދޫނަކީ ޕްލޭނިން ދައިރާގައި މީގެ ކުރިންވެސް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރަކަށް ހަމްދޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ