މެންޗެސްޓާ (ޖުލައި 30) - ދުނިޔޭގެ ފުޓްބޯޅަ ތާރީހު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ތަރި، ލިއޮނަލް މެސީ އާއި ބާސެލޯނާގެ އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ، ލަމީން ޔަމާލް އެއް ލެވަލެއްގައި މިސާލު ޖެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ގާޑިއޯލާ ވަނީ، މެސީގެ ކްލަބް ކެރިއަރު ފެށުމުގައި އެންމެ ބޮޑު ރޯލެއް ކުޅެފަ އެވެ. އެ ގޮތުން، ބާސެލޯނާގެ ލަ މާސިއާ އެކަޑަމީން ސީނިއާ ޓީމަށް ޕްރޮމޯޓްވެ، ގަވާއިދުން މެސީ ކުޅެން ނުކުތީ ގާޑިއޯލާގެ ކޯޗުކަމުގަ އެވެ. ގާޑިއޯލާ، ބާސެލޯނާ އަށް 2008-2012 އަށް ކޯޗުކޮށްދިންއިރު، އޭނާގެ އިރުޝާދުގެ ދަށުން މެސީ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.
އެ ގޮތުން، ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި މެސީއާ ގުޅޭ ގިނަ ސުވާލުތަކެއް އަމާޒުވެ އެވެ. އެެންމެ ފަހުން، އަމާޒުވި ސުވާލަކީ، މި ވަގުތު ބާސެލޯނާގައި ކުރިއަރަމުން އަންނަ 18 އަހަރުގެ ޔަމާލް އަށް މެސީގެ ލެވަލަށް ދެވިދާނެތޯ ދެކެވޭ ވާހަކައާ ބެހޭގޮތުން ގާޑިއޯލާ ދެކޭ ގޮތެއް ހިއްސާކުރުމަށެވެ.
"ލަ މާސިއާ އިން އައި އެންމެ މޮޅު ކުޅުންތެރިއަކީ ކާކުތޯ ނިންމަން އަދި ޔަމާލް އެބަޖެހޭ 15 ވަރަކަށް އަހަރު އެންމެ މަތީ ފަންތީގައި ބޯޅަ ކުޅެން، ތަފާތު ދައްކަން، އެކަން ކުރެވޭނެ ވަރަށް އޭނާ އަށް ޕްރެޝަރު ނުދީ ފުރުސަތު ދޭންޖެހޭ،" ގާޑިއޯލާ ބުންޏެވެ.
"އެކި މީހުން އޭނަ (ޔަމާލް) އާއި މެސީއާ އަޅާކިއުމަކީ، ވަރަށް ސީރިއަސް ކަމެއް ހަގީގަތުގައި. އެއީ ކުރަން ފަށާ ޕެއިންޓަރަކާއި އެންމެ މަތީ ލެވަލްގެ އާދަޔާހިލާފު ޕެއިންޓަރަކާ އަޅާކިޔުން. މޮޅަށް ކުޅެލާއިރަށް ވަކި ލެވަލަކަށް ގެންދިއުމަކީ އިންސާފުވެރި ގޮތެއް ނޫން،"
ކޯޗިން ކެރިއަރުގައި އަލުން ބާސެލޯނާއާ ހަވާލުވުމުގެ ފުރުސަތެއް އެބައޮތްތޯ ނޫސްވެރިއަކު އެހުމުން ގާޑިއޯލާ ބުނެފައިވަނީ، ސިޓީ އިން ދިއުމަށް ފަހު، ކޯޗިން އިން ދިގު ބްރޭކެއް ނަގާނެ ކަމަށެވެ. އެ ގޮތުން، އެ މުއްދަތު 15 އަހަރަށް ވެސް ވެދާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ޔަމާލް އަދި މެސީ ލެވަލަކަށް ނުގެނެވޭނެ: ގާޑިއޯލާ ޔަމާލް އަދި މެސީ ލެވަލަކަށް ނުގެނެވޭނެ: ގާޑިއޯލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ