ހޯރަފުށީ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ހއ. ހޯރަފުށީ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.މި އެއްބަސްވުމުގައި ކޮންސްޓަރަކްޝަން މިނިސްޓްރީ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓާ އޮފް ސްޓޭޓް އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފައްޓައިވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.ހޯރަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ރަށުގެ 3 ކިލޯމިޓަރު މަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. މި މަސައްކަތުގެ ދަށުން މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖަހާ މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުން ހިމެނެއެވެ. މި މަޝްރޫއުގެ ގެ އަގަކީ 25 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ