ސަފާރީއެއް ފަރަކަށް އަރައިފި

ޓޫރިސްޓުން ތިބި ސަފާރީއެއް މ. ވޭވަށު ފަރަށް އަރައިފި އެވެ.މ. ވޭވަށުފަރަށް އެރީ ރޭ އައި ވިލާގަނޑެއްގައި ފަޅު ބޭރުގައި އަޅާފައި އޮތްވާ ނަގިލި ކަހާލައިގެން ކަމަށް އެނގިފައިވެ އެވެ. އެ ހާދިސާ ހިނގި އިރު، އޭގައި ނުވަ ފަޅުވެރިންނާއި 18 ޓޫރިސްޓުން ތިއްބެވެ. ހުރިހާ އެންމެން ވެސް ރޭ ވަނީ ސަލާމަތުން ރޭ ވޭވަށަށް ގެންގޮސްފަ އެވެ.ނަމަވެސް "މައިނާ 1" ކިޔާ ސަފާރީ އަދިވެސް ފަރުމަތީގަ އެވެ. އެ އުޅަނދު އޮތީ ފަރުމަތީގައި އެއް އަރިއަކަށެވެ.އެނގިފައިވާ ގޮތުގައި މި ސަފާރީ އަކީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ގެ ވިޔަފާރިއެއް ކަމަށްވާ މައިނާ ޓުއާސް އިން އޮޕަރޭޓްކުރާ އެއްޗެކެވެ.މި ހާދިސާއާ ގުޅިގެން ސިފައިން މިހާތަނަށް ބަހެއް ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ