އިއްޒުއްދީން ސްކޫލު ދަރިވަރުންގެ ހައްގުތަށް މުއިއްޒު ވިއްކަވާލެއްވީ 50 މިލިއަން ރުފިޔާއަށް! އެސްކޫލު ހުރި ބިން މަހުޖަނު ގާސިމްއަށް ދޭން މުއިއްޒު ވައުދުވީ, މަޖިލިސް އިންތިޚާބުގަ ޕީއެންސީއަށް ގާސިމް މާލީގޮތުން ދިން އެހީގެ ބަދަލެއްގެ ގޮތުން!

ހީލަތްތެރި ރޭވުމެއްގެ ދަށުން, އިއްޒުއްދީން ސްކޫލް އެންމެ ފަހުން ބަންދު ކުރަން ނިންމާ, އަދި އެ ސްކޫލުގައި ކިޔަވަމުންދާ އެތައްސަތޭކަ ދަރިވަރުން ސަރުކާރުގެ އެހެން ސްކޫލުތަކަށް ބަހާލުމަށްވެސް މިސަރުކާރުން މިހާރުވަނީ ނިންމާފައެވެ.
”ދިޔަވަރު އޮންލައިން“އާއި ވާހަކަ ދެއްކި އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ޢިއްޒުއްދީން ސްކޫލް ހިންގި އިމާރާތް, މަހުޖަނު ގާސިމް އިބުރާހިމްއަށް ދިނުމަށް މުއިއްޒު ވައުދުވީ ފާއިތުވި މަޖިލިސް އިންތިޚާބަށް ގާސިމް އިބުރާހިމް ޚަރަދު ކޮށްދިނުމަށް ވީ އެއްބަސް ވުމާއެއްގޮތަށް ކަމުގައެވެ.
ގާސިމް އިބުރާހިމް ވަނީ ފާއިތުވި މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް 50 މިލިއަން ރުފިޔާ ޚަރަދު ކޮށްފައެވެ. އޭގެ ބަދަލެއްގެ ގޮތުން, ގާސިމް އިބުރާހިމްގެ ވިލާ ކޮލެޖްއާއި އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތް ހުރި ބިން އެއްކޮށްލުމަށް ބޭނުންވެ ގާސިމް އެދުނު އެދުމާއި އެއްގޮތަށް އިއްޒުއްދީން ސްކޫލު ހުރި އިމާރާތް ވިލާ ކޮލެޖަށް ދިނުމަށް މުއިއްޒު އެއްބަސްވެފައިވާކަމަށް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި މިނިސްޓްރީގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް, މިހާތަނަށް ރަސްމީކޮށް މިކަން ސަރުކާރަށް އިއުލާން ނުކުރެވިގެން އުޅެނީ, އެސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ބެލެނެރިންގެ ޕްރެޝަރާހެދި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, އިއްޒުއްދީން ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުން ބަހާލަނީ މާލޭގެ އެކި ސްކޫލްތަކަށެވެ. މިނިންމުން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވަނީ ބެލެވެރިންގެ ނުރުހުމުގައެވެ.
”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ބެލެނެވެރިޔަކު ވިދާޅުވީ, ބެލެނެވެރިންގެ ރުހުމާއި ދެކޮޅަށް އިއްޒުއްދީން ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަމުން އެކި ސްކޫލުތަކަށް ބަދަލުކުރަން ނިންމައިފިނަމަ މުޒާހިރާކުރުމަށް ބެލެނެވެރިން ދަނީ ތައްޔާރު ވަމުންނެވެ.
ރައީސް މުއިއްޒު ގެންދަވަނީ މަޖިލިސް އިންތިޚާބު ނިމުމާއެކު ރައްޔިތުންގެ އިހުސާސްތަކާއި ވިންދަށް ބެލުމެއްނެތި ސިޔާސީ މަންފާއަށް, ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމަވަމުންނެވެ.
އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތަކީ ކުރީގެ އެމްއީއެސް ހިންގަން މީގެ ތިރީހަކަށް އަހަރު ކުރިން ސަރުކާރުން ހަދައި ދިން ތަނެކެވެ. ފާރުތަކުގައި ރެނދުލާފައި ވާތީ އެމާރާތުގައި ރެނދުލުމުގެ ސަބަބުން އިއްޒުއްދީން ސްކޫލްގެ ލައިބްރަރީ ވެސް ބަންދު ކޮށްފައި ހުންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ