މަޖިލިސް މަރުތަޅު އަޅުވާކަށް ޤާނޫނު ޖާގައެއްނުދޭ: ޝަރީފް

ރައްޔިތުންގެ މަޖިލިސް މަރުތަޅު އަޅުވާކަށް ޤާނޫނު ޖާގަނުދޭ ކަމަށް ރައްޔިތުންގެ
މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅު ވެއެްޖެއެވެ.
ޝަރީފްް މިހެން ވިދާޅުވީ އޭނާ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
"މަޖިލިސް މަރުތަޅު އަޅުވާކަށް ޤާނޫނު ޖާގައެއްނުދޭ، ރައީސް މުޙައްމަދު
ނަޝީދު މަޖިލިސް ހިސޯރުކޮށްފައިވަނީ ޤަވާއިދާއި ކަނޑައެޅިގެން ޚިލާފަށް، މިއީ ކުޑަ
ކަމެއްނޫން، މިއީ ރައީސް ނަޝީދު ހިންގަވާ ބޮޑު ޖަރީމާއެެއް" ޝަރީފް
ވިދާޅުވެފައިވެއެވެ.
Advertisement
ޝަރީފް ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވަނީ މަޖިލީހުގެ މުޤައްރިރު
ރައީސް ނަޝީދު މަޖިލީހުގެ ހައިބަތު ނަންގަވައިލައްވައިފި ކަމަށް ވިދާޅުވެފައެވެ. އަދި މިއީ
ރާއްޖޭގެ ތާރިޚުގައި ކަޅު އަކުރުން ލިޔެވޭނެ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުފައިވެެއެވެ.
"މަޖިލީހާއި ކޮމިޓީތައް، އަމިއްލަ އަށް އުފައްދާ ޕާޓީގެ މަސްލަހަތު ކުރިއަށް
ނެރުމަށް ވަނީ އިދާރީ މުވައްޒިފުން ބޭނުންކޮށްގެން ހައިޖެކް ކޮށްފައި" ޝަރީފް
ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ރައީސް ކަމުން ރައީސް ނަޝީދު ވަކިކުރުމަށް މަޖިލީހުގެ 54
މެމްބަރަކު ސޮއިކޮށް އިތުބާރުނެތް ކަމުގެ މައްސަލަވަނީ ހުށައަޅައިފައެވެ.
ފާއިތުވި ހަފްތާގައި މަޖިލީހުގެ ޖަލްސާތައް ވަނީ ހޫނުވެ ކުރިއަށް
ނުގެންދެވިގެންވަނީ ހުއްޓާލައިފައެވެ. ނިޒާމީ މައްސަލަތައް ނެގުން އިތުރުވެ
މަޖިލިސް ވަރަށް ބޮޑަށް މަޖިލިސް ހޫނުވެގެންނެވެ. އަދި ބުދަ ދުވަހު މަޖިލީހުގައި
އެއެްެވެސް މަސައްކަތެއް ނުކޮށް ވަނީ ހުއްޓާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ