ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުށަހަޅައިފިއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ހަފްތާގައި އަވާހަރުވުމާ ގުޅިގެންނެވެ.
މިދިޔަ އަހަރުން ފެށިގެން ކެންސަރު ބައްޔަށް މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދެވަނިކޮށް ރިޒާ އަވަހާރަވީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ. އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާގެ ބައި އިލެކްޝަން އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ޕްރައިމަރީއާ ގުޅިގެން އެމްޑީޕީން ކުރި އިއުލާނެއްގައި ވަނީ އަންނަ އަންގާރަ ދުވަހުގެ 4:00 ގެ ކުރިން އެ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ އިއުލާނުގައި ވާގޮތުން މެންބަރުކަމަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަޅާއިރު ޕާޓީގެ 100 މެމްބަރުންގެ ތާއީދު ފޯމު ވެސް ހުށަހަން ޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަވަހާރަވެއްޖެ ނަމަ ހަ ދުވަހުގެ ތެރޭގައި ބައި އިލެކްޝަން އިއުލާންކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ގާނޫނު ލާޒިމްކުރާ ކަމަކެވެ. އެހެންކަމުން އަންނަ އަންގާރަ ދުވަހުގެ ކުރިން އީސީން އެ އިންތިހާބަށް އިއުލާނު ކުރާނެއެވެ.
ގުރައިދޫ ދާއިރާގެ ބައިއިލެކްޝަންގެ ޕްރައިމަރީއަށް އެމްޑީޕީން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ