ކުނި ބިލާއި ކަރަންޓު ބިލު އެއްކޮށްލާ އެއްބަސްވުމުގައި ސޮއިކޮށްފި

ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓު ޙިދުމަތުގެ ބިލުގައި ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކައިދިނުމުގެ ޙިދުމަތުގެ ފީ ހިމަނަން ދެ ކުންފުނިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ވެމްކޯގެ ކުނި މެނޭޖް ކުރުމުގެ ފީ ސްޓެލްކޯ ކަރަންޓް ބިލުގެ ތެރޭގައި ހިމެނުމަށް ވެވުނު އެއްބަސްވުމާ ގުޅިގެން، އަންނަ ޖޫން މަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ބިލުގައި ކުނި ފީ ހިމެނޭނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޤައުމީ ކަރަންޓް ކުންފުނި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، މީގެ ކުރިން އޭޕްރިލް މަހުގެ ކަރަންޓް ބިލުގައި ކުނި އުކުމުގެ ފީ ހިމެނުމަށް ނިންމި ނަމަވެސް ބައެއް ކަންކަން ދިމާވި ގޮތުން އެކަން އެގޮތަށް ނުކުރެވުނު ކަމަށެވެ. އޭގެ އިތުރުން ޝަރީފް ވިދާޅުވީ ވެމްކޯގެ ބިލް ސްޓެލްކޯގެ ކަރަންޓު ބިލު ތެރޭގައި ހިމެނުމުން އެކަމަށް އެ ކުންފުނިން ކުރަންޖެހޭ އިދާރީ ކަންކަމުގެ ބަދަލެއްގެ ގޮތުން ކޮންމެ މަހެއްގެ ބިލުން 2.50 ރުފިޔާ ނަގަމުން ދާނޭ ކަމަށެވެ. މިކަމާ ގުޅޭގޮތުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ، މިކަން ކުރެވުނީ ކަސްޓަމަރުން ކުނި ފީ ދެއްކުމަށް ފަސޭހަ ގޮތެއް ހޯދުމަށް ކަމަށާއި، ކަސްޓަމަރުން ބިލު ނުދައްކަނީ ދައްކަންޖެހޭ އެއްޗެއް ބޮޑުވެގެން ނޫންކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ސިރާޖު ވިދާޅުވި ގޮތުގައި ސްޓެލްކޯގެ ކަރަންޓް ބިލުގައި ކުނި ފީ ހިމެނި ނަމަވެސް، މިހާތަނަށް ކުނި ފީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ވެމްކޯގައި ރެކޯޑް ކުރެވިފައި ހުންނާނެއެވެ. އޭނާ ވިދާޅުވީ ނުދައްކާހުރި ކުނި ފީ ގެ މައްސަލައިގައި ވެމްކޯއިން ފަހުން ގޮތެއް ނިންމާނެ ކަމަށެވެ. https://sun.mv/177781 ވެމްކޯއިން ދެމުންދާ ކުނި މެނޭޖުކުރުމުގެ ޚިދުމަތަށް ގޭބިސީތަކުން ކުނި އުކާލަން ނަގަނީ 150 ރުފިޔާއެވެ. ނަމަވެސް މިކަމަށް 350 ރުފިޔާ ޙަރަދުވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ކަރަންޓު ބިލުގެ ތެރޭގައި ކުނި ފީ ހިމަނަން ނިންމި އެންމެ މައިގަނޑު ސަބަބަކީ ވެމްކޯގެ ޙިދުމަތް ގޭބިސީތަކުން ފައިސާ ނުދެއްކުމެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ