ރާއްޖޭގައި އަމާންކަމެއް ނެތް ކަމަށާއި ހުރިހާ ދިމާލަކަށް ބަލައިލިޔަސް ފެނިގެންދަނީ މުޖުތަމައުގައި އޮތް ނާމާންކަމާއި ބިރުވެރިކަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ވިދާޅުވެއްޖެއެވެ.
ތާރިގްވަނީ އަމާންކަމެއް ނެތްކަމަށް ވިދާޅުވެ ރާއްޖޭގައި ހިނގާފައިވާ ބައެއް ބޮޑެތި މަރުތަކުގެ ހަބަރުތަށްވެސް ހިއްސާކުރައްވާފައެވެ.
އެގޮތުން އައްޑޫ ސިޓީ މަރަދޫފޭދޫގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިލި ހާދިސާ އާއި ނިޝާމާގެ މަރުގެ މައްސަލަ އާއި ދާދި ފަހުން މަނަދޫގައި ނައީމާ މޫސާ މަރާލި ހާދިސާގެ އިތުރުން ފޭރުމުގެ ހާދިސާއެއްގައި ބިދޭސީއަކު މަރާލި ހާދިސާގެ އަދި ޝިއާއު މަރާލި ހާދިސާ ހިމެނެއެވެ.
މިހުރިހާ ހާދިސާއަކަށް އިޝާރާތްކޮށް ތާރިގްވަނީ ސަރުކާރަށް ދެވަނަ ދައުރެއް ދިނުމަށް ބުނެ ސަބަބަކަށް ދައްކަނީ ދިވެހިރާއްޖެއަށް އަމާންކަން ގެނެވުނުކަން ކަމަށާއި ނަމަވެސް 2022 އަދި 2023 ވަނަ އަހަރަށް އެކަނި ބަލާލިޔަސް ފެންނަނީ މުޖުތަމައުގައި އޮތް ބިރުވެރިކަމާއި ނާމާންކަން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރައީސް ވަކިކުރުން ނޫންގޮތެއް ނެތްކަމަށް ތާރިގްވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އަމާންކަމެއް ނެތްކަމަށާއި ހުރިހާ ދިމާލަކަށް ބަލައިލިޔަސް ފެނިގެންދަނީ މުޖުތަމައުގައި އޮތް ނާމާންކަމާއި ބިރުވެރިކަން ކަމުގައި ވިދާޅުވެ ސަރުކާރަށް ދެވަނަ ދައުރެއް ދޭން ނުޖެހޭކަމަށް ތާރިގް ގޮވާލާފައިވާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލިކަމުގެ ތުހުމަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅުމަށް ތާރިގް ހިމެނިވަޑައިގަންނަވާ ޕީޕީއެމް ހިމެނޭ ގޮތައް އެކުލަވާލާފައިވާ އިއްތިހާދުން އަންނަނީ މަސައްކަތްކުރަމުންނެވެ.
މި މައްސަލަ މަޖިލީހުގައި ނާކާމިޔާބު ކޮށްލުމަށް ވެރިކަން ކުރާ އެމްޑީޕީންވަނީ ތްރީ ލައިން ވިޕެއްވެސް ނެރެފައެެވެ.
ރައްޔިތުންނަށް އަމާންކަމެއް ނެތް: މެމްބަރު ތާރިގް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ