މޫސުން ގޯސްވާނެތީ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން ކ. އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއަށެވެ.
މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 12:30 އިން ފެށިގެން އިރުއޮށްސި 06:30 އާހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމަކާއެކު ގުގުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
ރާއްޖެ ސަރަހައްދުގެ މޫސުން މިދުވަސްވަރު ގޯސްވެފައިވާއިރު އެކި ހިސާބުތަކަށް އަންނަނީ އެލާޓްތައް ނެރެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ