ޝާހިދު، ރައީސް މައުމޫން އަށް ފަށްފަށުން ޝުކުރު އަދާކުރައްވައި ތަޢުރީފް ކުރައްވައިފި

ޚާރިޖީ ވަޒީރު އަބްދުالله ޝާހިދު ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށް ފަށްފަށުން ޝުކުރު އަދާކުރައްވައި ތަޢުރީފް ކުރައްވައިފިއެވެ.  
މައުމޫން ފޮރިން މިނިސްޓްރީއަށް ޒިޔާރަތް ކުރެއްވުމާއި ގުޅިގެން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ އެއީ އެންމެނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމަށް ވިދާޅުވެފައެވެ. 
އަދި ރައީސް މައުމޫނުގެ ތޫނު ވިސްނުންފުޅުތަކާއި، މުހިންމު ތަޖުރިބާ މިނިސްޓްރީގެ އިސް ވެރިންނާ ހިއްސާ ކުރެއްވި ކަމަށްޓަކައިވެސް ޝާހިދު ވަނީ ޝުކުރު ދަންނަވާފައެވެ.
Advertisement
އަދި މިނިސްޓްރީގެ އެންމެހައި މުވައްޒަފުން، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް މައުމޫނު ވިދާޅުވި ހެޔޮ ބަސްފުޅަށްވެސް އެންމެހައި މުވައްޒަފުންގެ ނަމުގައި ޚާރިޖީ ވަޒީރު ރައީސް މައުމޫނަށް ޝުކުރު ދަންނަވައިފައިވެއެވެ.
"ރައްޔިތުންނާއި ޤައުމަށްޓަކައި ކުރަމުންމިދާ މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އަރުވަން" ޝާހިދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ޚާރިޖީ ވުޒާރާއަށް މިކުރެއްވެވި ޒިޔާރަތުގައި ޚާރިޖީ ވުޒާރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދްމަތް ކޮށްދެއްވެވި އަލްމަރްޙޫމާ އާބިދާ އަހްމަދުގެ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވައިފައިވެއެވެ. އެގޮތުން ސޮއި ކުރައްވައި މަރްޙޫމާ އާއި ގުޅޭގޮތުން ލިޔުއްވި ހެޔޮ ބަސްފުޅަށް ޝާހިދު ވަނީ މައުމޫނަށް ޝުކުރު ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ