ބަނގުރަލާއެކު ތުލުސްދޫ ގެސްޓްހައުސް އަކުން ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ހިމެނޭ ފުލުސް މީހާ ވަޒީފާއިން ވަކިކުރި ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރުކުރި އާމިނަތު މާޔާ ހުސެއިން ބަޝީރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށެވެ.
"މި މައްސަލައިގައި ހައްޔަރުކުރި ކޮންސްޓަބަލް އާމިނަތު މާޔާ ހުސެއިން ބަޝީރު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާކަމަށް ދެންނެވިފައި ވަނީ މައުލޫމާތުގެ ކުށަކުން، ރަނގަޅު ގޮތަކީ މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ދަނީ ބަލަމުން،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
މާޔާ ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ތުލުސްދޫ ގެސްޓްހައުސް އަކުން އޮކްޓޫބަރު 17، ގަ އެވެ. މާޔާއާއެކު ޖުމުލަ ހަތް މީހަކު އެތަނުން ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އެ މައްސަލައިގައި މާޔާ ހައްޔަރުކޮށް މަގާމުން ސަސްޕެންޑުކޮށް ޕްރޮފެޝަނަލް ކޮމާންޑުން އޭނާގެ މައްސަލަ ބެލި ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ލަފާދީފައިވާ ކަމަށް ވެސް ފުލުހުން މީގެ ކުރިން ބުންޏެވެ.
އެ ގެސްޓްހައުސް ބަލައިފާސްކުރުމުގެ ތެރޭގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 މިލި ލީޓަރުގެ ދެ ފުޅި އާއި ތަށްޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރީ 23 އަހަރުގެ ތިން ފިރިހެނުންނާއި 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކާއި 26 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެނެކެވެ. އެ އެންމެންނަކީ ވެސް ދިވެހީންނެވެ. އޭގެތެރެއިން އެކަކީ އައިމިނަތު މާޔާ ހުސެން ބަޝީރު އެވެ.
މި އެންމެންގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ނެގަޓިވް ވެފައިވާ ކަމަށާއި އެ މީހުން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރަލާއެކު ހައްޔަރުކުރި ފުލުސް މީހާ ވަޒީފާއިން ވަކިކުރި ކަމަށް ބުނެވުނީ އޮޅުމަކުން: ފުލުހުން ބަނގުރަލާއެކު ހައްޔަރުކުރި ފުލުސް މީހާ ވަޒީފާއިން ވަކިކުރި ކަމަށް ބުނެވުނީ އޮޅުމަކުން: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ