ވަޒީފާ ބޭނުންވެގެން އަންނަ މީސް މީހުނަށް ސްޓޭޓް މިނިސްޓަރ ކަންފަދަ ސިޔާސީ މަގާމުތައް ހޯދާދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރ އަހުމަދު ސަލީމް ( ރޭޑްވޭވް ސަލީމު ) އިއުތިރާފް ވެއްޖެއެވެ. މާލީއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ސަލީމް ބުނެފައިވަނީ ގިނަ ބަޔަކު ވަޒީފާ ހޯދުމަށް އެދުމުން އެމީހުންނަށް ސަރުކާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު (އެސްޕީޑީ) އިން ފެށިގެން ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމު ހުށަހެޅުމުން ވެސް ބޭނުންވަނީ އެފްއެސްމެގެ ކްރޫއަކަށްވާން ކަމަށެވެ.
ސަރުކާރަކީ ރެޑްވޭވްގެ ގޮތްޕަކީ ހެއްޔެވެ. ފޫގަޅާފައި ސަރުކާރުން ވަޒީފާ ހޯދަން ސަލީމުގާތަށް މީހުންދާނީ ސަރުކާރަކީ ރެޑްވޭވްގެ ގޮތްޕަކަށް ވެގެންތާއެވެ. ސަރުކާރުން ވަޒީފާ ހޯދަން މީހަކު ދާއިރަށް އެމީހަކަށް އެސްޕީޑީ ކަމާއި ސްޓޭޓް މިނިސްޓަރކަން ހުށަހަޅަށް ސަލީމަކީ ކާކުހެއްޔެވެ. ރެޑްވޭވް ސަލީމާއި ސަލީމް ކަހަލަ މެންބަރުން ބޭނުންހާ ބަޔަކަށް ބޭނުންހާ ވަޒީފާއެއް ސަރުކާރުން ދެވެންޏާ ދައުލަތް ލޫޓްވާ ވާހަކަ ގަބޫލު ނުކުރާންވީ ސަބަބެއް ނެތެވެ.
ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މެންބަރުން މީހުނަށް ސަރުކާރުން ވަޒީފާ ހޯދާދޭ ވާހަކަ އަހަމެވެ. އެހެންނަމަވެސް މެންބަރެއްގެ ދުލުން ސާފު ބަހުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި އެވާހަކަ ބުނުމުން ސަރުކާރުގެ ސިޔާސީ މަގާމުތަކަކީ ކޮރަޕްޝަނުގެ ތެރެއިން ދެމުން ގެންދާ އެއްޗެއްކަން ސާފުވެ ނިމުނީއެވެ.
ރައީސް މުއިއްޒު ސިޔާސީ ވަޒީފާދެނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި (ޅ)ގައި ބުނާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް ލާބައެއް ނޫންކަމާއި އެމީހުންނަކީ ރޭޑްވޭވް ސަލީމްމެނަށްޓަކާ މަގާމުދޭ ބައެއްކަން ކަށަވަރުވެ ނިމުނީއެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކާއި އެސްއޯއީ ތަކުގެ އެކިވަރުގެ މަގާމުތަކަށް މީހުންލައިގެން ރައްޔިތުންގެ ފައިސާއިން މުސާރަދެނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ދައުލަތް ހިންގަން ނޫންކަން ރެޑްވޭވް ސަލީމުގެ އިއުތިރާފް އެނގި ސާބިތުވެއްޖެއެވެ. ގާނޫނު އަސާސީން ރައީސަށް ދީފައި އޮތް އިހުތިޔާރެއް ރައްޔިތުންނާ ސަރުކާރަށް ބޮޑުވެގެންވާ ގެއްލުން ލިބޭގޮތަށް ބޭނުންކުރާ ކުރުމަކީ ހުވަޔާ ހިލާފުވުމެވެ.
މަގަމުގެ ނާޖާއިޒު ފައިދާ ނެގުމާއި ހުވަޔާއި ހިލާފުވުމުގެ ކުށުގައި ރެޑްވޭވް ސަލީމާއި ރައީސް މުއިއްޒުގެ މައްޗަށް ޝަރީއަތް ހިންގަން ލާޒިމު ވެއްޖެއެވެ. އޭސީސީއާއި ފުލުހުންނާއި ޕީޖީ ކަނު ބީރު މަންމަން ބައަކަށް ވެގެން ތިއްބަސް މަހެއް ފަހާލާނެ މަހެއް ނެތިއެއް ނުދާނެއެވެ. ރައްޔިތުންގެ ބާރު ހަށިފޮޅާލުމުން ކަނު ބީރު މަންމަންކަން އޭރުން ފިލައިދާނެއެވެ.
ރެޑްވޭވް ސަލީމާއި މުއިއްޒަށް ޝަރީއަތް ހިންގަން ލާޒިމުވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ