ހިންމަފުށީ ރިހެބް ސެންޓަރުގައި ފުލުހުންނާއި އެންޑީއޭ ގުޅިގެން ކޯޑިނޭޓެޑް އޮަޕަރޭޝަނެއް ކުރިޔަށްގެންދަނީ

ކ ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންަޑް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުންނާއި ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
އެންޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޖޭންސީއާއި ފުލުހުން ގުޅިގެން މިއަދު ހެނދުނު 08:00 ގައި ހިންމަފުށީ ޑްރަގް ޓްރީޓްމެންޓު އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ކޯޑިނޭޓެޑް އޮަޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން މި އޮަޕަރޭޝަންގެ މަގްސަދަކި މަސްތުވާތަކެތި ބޭނުންކުރުމާއި ދެވިހިފުމުގެ ބައްޔަށް ފަރުވާ ދިނުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮސްފައިވާ ފަރުވާދޭ މަރުކަޒުތަކަކީ މަސްތުވާތަކެއްޗާއި މަނާކުރެވިފައިވާ އެންމެހާ ތަކެތި ނެތް ތަންތަނުގެ ގޮތުގައި ހެދުމާއި ފަރުވާދޭ މަރުކަޒުތަކަކީ މަސްތުވާތަކެތިން ސަލާމާތްވެފައިވާ ރައްކާތެރި އަމާން މާހައުލެއްކަން ކަށަވަރު ކުރުން ކަމަށް އެންޑީއޭއިން ވަނީ ބުނެފައި އެވެ.
އަދި ފަރުވާ ދޭ މަރުކަޒުތަކަކީ ރައްކާތެރިތަކުގެ މިންގަނޑުތައް ފުރިހަމަކުރެވިފައިވާ ހިދުމަތް ހޯދާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރި ތަންތަނަށް ކަމުގައި ޔަގީންކުރުމަކީވެސް އަޮޕަރޭޝަންގެ މަގްސަދެއްކަމަށް އެއޭޖެންސީން ބުނެއެވެ.
ކުރިޔަށް އޮތްތަނުގައިވެސް ފުލުހުންނާއި އެ އޭޖެންސީ ގުޅިގެން މިފަދަ އިތުރު އޮޕަރޭޝަންތައް ހިންގުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް އެންޑީއޭއިން ވަނީ މަސްތުވަތަކެއްޗާއި ގުޅުންހުރި ކަންތައްތަކުގައި މި އޭޖެންސީން އަބަދުވެސް ގެންގުޅެނީ ޒީރޯ ޓޮލެރެންސް ޕޮލިސީއެއްކަމަށް ބުނެފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ