ވާނުވާ ބަންދުގައި އަހަރު ދުވަހަށްވުރެ އިތުރު އެންމެންގެ މައްސަލަ ތިން މަސްތެރޭ ނިމޭނެ

ވާނުވާ ބަންދުގައި އަހަރު ދުވަހަށްވުރެ އިތުރުވެފައިވާ އެންމެންގެ މައްސަލަ ކުރިއަށް އޮތް ތިން މަސްތެރޭ ކޮންމެވެސް އެއްގޮތަކަށް ނިމޭނެ ކަމުގެ މައުލޫމާތު ބަންޑާރަ ނާއިބު ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ވާނުވާ ބަންދުގައި އަހަރު ދުވަހަށްވުރެ އިތުރުވެފައިވާ އެންމެންގެ މައްސަލަ ކުރިއަށް މާޗް މަސް ނިމެންވާއިރަށް ކޮންމެވެސް އެއްގޮތަކަށް ނިމޭނެ ކަމަށެވެ.
މިފަދަ މައްސަލަތަކަކީ އެތައް އަހަރެއްވީ މައްސަލަތަކެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ވާނުވާ މައްސަލައަށް ހައްލެއް ހޯދުމަކީ އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ. އަދި އެ މަަސައްކަތްޕުޅު ގާނޫނީ އިމުގެ ތެރެއިން ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
"މި އަންނަ މާޗް މަސް ނިމެންވާއިރަށް އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވާނުވާގައި ތިބި ހުރިހާ އެންމެންގެ މައްސަލަތައް ކޯޓް މަރުހަލާތައް ނިމޭނެ ކަމަށް. އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ އެންމެންގެ މައްސަލަަތައް," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ވާނުވާ ބަންދުގެ މައްސަލަތަކުގައި ބަންޑާރަ ނާއިބުގެ އޮފީހުން ކޮށްދޭން ޖެހޭ ކޮންމެ ކަމެއް އެންމެ ރަނގަޅަކަށް ކޮށް ދެއްވާނެ އެވެ. އެކަމުގެ ޔަގީންކަން ދެއްވި އެވެ.
ވާނުވާ ބަންދުގައި ތިބި އެންމެންގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރަައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ