ރާއްޖޭގެ ބަޔޯޑައިވާސިޓީ ނުވަތަ ހަޔަވީ ސިންދާފަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ބިން ހިއްކުމާއި ބަނދަރުގެ ހެދުމުގެ މަޝްރޫއުތައް ކަމަށް ރާއްޖޭގައި ހެދި ފުރަތަމަ ތިމާވެށީގެ އޮޑިޓުގައި ބުނެފި އެވެ.
ބ. އަތޮޅުގައިވާ ގުދުރަތީ ނުވަތަ ތަބީއީ ގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަންތަން ހިމާޔަތް ކުރުމުގެ ނިޒާމާ ގުޅޭ އޮޑިޓެއް ހަދައި އެ އޮޑިޓުގެ ރިޕޯޓު ވަނީ އާންމުކޮށްފަ އެވެ. މިދިޔަ އަހަރުގެ ނިޔަލަާށް ރާއްޖޭގެ 93 ސަރަހައްދެއް ހިމާޔަތްކޮށްފައިވާއިރު އޭގެ ތެރެއިން 14 ސަރަހައްދެއް ނިސްބަތްވަނީ ބ. އަތޮޅަށެވެ.
"މިއަދު ރާއްޖޭގެ ހަޔަވީ ސިންދަފާތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވުމާއި، ބިން ހިއްކުމާއި، ބަނދަރު ހެދުމާއި، ފަޅު ފުންކުރުމުގެ މަސައްކަތް ކުރުމާއި، ތޮށިގަނޑުލުން ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ސަބަބުން ލިބޭ ގެއްލުންތައް،" އޮޑިޓުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ އާބާދީ އިތުރުވަމުންދިޔުމާއި އިގުތިސޯދީ ގޮތުން ކުރިއަރައިގެން ދިޔުމުގެ ސަބަބުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ބަޔޯޑައިވާސިޓީގެ ސަބަބުން 71 ޕަސެންޓު މީހުންނަށް ވަޒީފާ ލިބިފައިވާ ކަމަށާއި، ޖީޑީޕީގެ 89 ޕަސެންޓު އަދި އެކްސްޕޯޓުގެ 98 ޕަސެންޓަށް މަންފާކުރާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ފަރުތަތަކަކީ ބަޔޯޑައިވާސިޓީގެ ގޮތުން ދުނިޔެއިން ފަސްވަނައަށް އެންމެ މުއްސަނދި ފަރުތަކެވެ. އަދި އެއީ މުޅި ދުނިޔެއިން ހަތްވަނައަށް އެންމެ ބޮޑު ފަރެވެ.
ބަޔޯޑައިވާސިޓިއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މޫސުމީ ބަދަލާއި ބިން ހިއްކުން ކަމަށް ތިމާވެށީގެ އޮޑިޓަކުން ދައްކައިފި ބަޔޯޑައިވާސިޓިއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މޫސުމީ ބަދަލާއި ބިން ހިއްކުން ކަމަށް ތިމާވެށީގެ އޮޑިޓަކުން ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ