ނައިފަރުގެ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރަން 24 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް

ޅ. ނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރިކްރިއޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، އަހުމަދު ސައުދީއެވެ.
މި މަޝްރޫއުގެ ދަށުން ސަބްބޭސް މަރާމާތު ކުރުމާއ،ި ޓާފް އަލުން އެޅުމާއ،ި ވަށައިފާރު ރޭނުމާއ،ި ފެންސް ރެނޮވޭޓްކުރުމާއ،ި އިތުރު 2 ބައްތި ހޮޅިދަނޑި ހަރުކުރާނެއެވެ. އަދި މިހާރު ހުރި ރޮސްޓްރަމް ރޫޅާލުމާއ،ި 16,100 އަކަފޫޓުގެ ސަރަހައްދެއްގަ އި3 ފަންގިފިލާގައި އާ ރޮސްޓްރަމެއް ހެދުމުގެ މަސައްކަތް ވެސް ކުރާނެއެއެވެ.
މިއ،ީ 24.78 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
6000 މީހުންގެ އާބާދީއެއް އޮންނަ ޅ. ނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. މި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުމުނ،ް ރަށުގެ ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ކުރިއެރުންތަކެއް ލިބ،ި އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ