ކުޑަކުދިންގެ ދުވަހާ ގުޅިގެން ސްކޫލުތަކުގައި ޚާއްޞަ ޙަރަކާތްތަކެއް

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ސްކޫލްތަކުގައި ކުލަގަދަ ހަރަކާތްތަކެއް ބާއްވައިފިއެވެ.
ކުޑަކުދިންގެ ދުވަހާއި ގުޅިގެން ކުދިންނަށް މަރުޙަބާ ކިޔުމަށްޓަކާ ސްކޫލްތައް ޒީނަތްތެރިކޮށް ތަފާތު ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
ކުޑަކުދިންގެ ދިރިއުޅުމުގެ އެންމެ މުހިއްމު އެއް ތަނަކީ ސްކޫލްތަކެވެ. ކުދިންގެ ހެދިބޮޑުވުމުގައި ގިނަ ވަގުތު އެތަނެއްގައި ހޭދަކުރާ ތަނަކަށް ސްކޫލްތައްވުމުން އެކުދިންގެ އެންމެ ޚާއްސަ ދުވަސްކަމުގައިވާ ކުޑަކުދިންގެ ދުވަހަށް ސްކޫލްތަކުން އަބަދުވެސް ޚާއްސަ އިސްކަމެއް ދެއްވައެވެ.
މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގައިވެސް ކުޑަކުދިންގެ ދުވަސް ފެށިގެންދިޔައީ ވަރަށް ފޯރީގައެވެ. އެގޮތުން ސްކޫލްތަކުގައި ދުވަހުގެ ޚާއްސަ އެސެމްބްލީވަނީ ބާއްވާފައެވެ. އަދި ސްކޫލްތައް ޒީނާތްތެރިކޮށް ކިޔެވުމުގެ އިތުރުން ކުދިން ޝައުގުވެރިވާނެ ހަރަކާތްތައް ސްކޫލްތަކުގައިވަނީ ކުރިއަށްގެންގޮސްފައެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހެވެ. މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ "ޢާއިލީ ހަމަޖެހުން، ކުދިންގެ ދުޅަހެޔޮކަން" މިޝިޢާރެވެ.
މިފަދަ ދިވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ކުޑަކުދިންނަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދީ އެކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގައި މުޖުތަމަޢު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަށް ބާރުއެޅުމެވެ. އަދި ކުދިންގެ ހެދިބޮޑުވުމާއި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ