މަސްވެރިންނަށް ފަސޭހަވާނެ ގޮތަށް ގިނަ ހިދުމަތްތަކެއް މާލޭ ނޯތު ހާބަރުގައި ގާއިމްކުރައްވާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
މިކަން ހާމަކުރެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާންއެވެ. ރިޝްވާން މިހެން ވިދާޅުވީ އެމްޕީއެލް ސަރަހައްދަށް ބަދަލު ގެނައުމުގައި މަސްވެރިންގެ ލަފައާއި އިރުޝާދު ހޯދުމުގެ ގޮތުންނެވެ. މި ބައްދަލުވުމުގައި 30 އެއްހާ މަސްވެރިން ބައިވެރިވިއެވެ.
މިދިޔަ ޖުލައި މަހު މާލޭގެ ނޯތު ހާބަރ ސަރަހައްދު ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް ވަނީ އެމްޕީއެލްއާއި ހަވާލުކޮށްފައެވެ. އެއާއިއެކު ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް އެމްޕީއެލްއިން ވަނީ ފަށާފައެވެ. ނޯތު ހާބަރު ސަރަހައްދު އެންމެ ފަހުން ތަރައްގީ ކުރީ 2017 ވަނަ އަހަރުގައިކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރު ގެންނަން ޖެހޭ އެތައް ބަދަލުތަކެއް އެބަހުރިއެވެ.
މިވަގުތު އެ ސަރަހައްދުގައި ކުރަމުންދަނީ ކީވޯލް ތަކުގެ މަރާމާތުގެ މަސައްކަތްތަކެވެ. އަދި ހިދުމަތް ހޯދާ އުޅަނދުތަކަށް ވާ އައްސާ މޫޓްތަކާއި ފައްތިޔާ ބުޑު އެޅުމުގެ މަަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ނޯތު ހާބަރު ސަރަހައްދުގައި މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ރިޝްވާން ވަނީ އަރުއްވާފައެވެ. އަދި މަޝްވަރާއާއި ނުލާ އެއްވެސް ނިންމުމެއް ނިންމާ، ބަދަލުތަކެއް ނުގެންނާނެކަމަށް ވިދާޅުވިއެވެ. މަސްވެރިންނަށް ފަސޭހަވާނެ ގޮތަށް ގިނަ ހިދުމަތްތަކެއް ގާއިމްކުރާނެކަމަށްވެސް ރިޝްވާން ވިދާޅުވިއެވެ. އެގޮތުން ފެނާއި، ކަރަންޓު، އައިސް އަދި ތެޔޮ ލިބޭނެ އިންތިޒާމް ފާހަގަކުރެއްވިއެވެ.
މަސްމާރުކޭޓް ސަރަހައްދުގައި ބަނދަރުކުރާ މަސްވެރިންގެ އުޅަނދުތަކުން ފީ ނުނަގާނެކަމަށްވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ. ނަމަވެސް ނޯތު ހާބަރަށް ކައިރިކުރާ އުޅަނދުތަކުން ކުރިއެކޭވެސް އެއްގޮތަށް ފީ ނަގާނެއެވެ. މަސްމާރުކޭޓާ ހަމައަށް ނޯތު ހާބަރު ސަރަހައްދު މިހާރު ވަނީ ބޮޑުކޮށްފައެވެ. އެހެންކަމުން އެ ސަރަހައްދަށް ކައިރިކުރާ ހުރިހާ މަސް ދޯނި ފަހަރު ނޫން އެހެން ހުރިހާ އުޅަނދަކުންވެސް ފީ ނަގާނެއެވެ.
ނޯތު ހާބަރުން މަސްވެރިންނަށް ފެނާއި، ތެލާއި ކަރަންޓުގެ ހިދުމަތް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ