ރައީސް ސޯލިހް، ގާސިމް އާއި ބައްދަލުކުރެއްވުމަށް ސަން އައިލެންޑަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ދައުރާ ގުޅޭ މަޝްވަރާތަކަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހް، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމްއާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން މިއަދުގެ ވަގުތެއްގައި ގާސިމާ ބައްދަލުކުރެއްވުމަށް ރައީސް  ސަން އައިލެންޑަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށް މިއަދު ރައީސް، ގާސިމާ ބައްދަލުކުރައްވާއިރު، ރޭ ޕީޕީއެމް/ޕީއެންސީގެ އިސް ވަފުދެއް ވެސް ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ގާސިމާއެކު 4 ގަޑި އިރުގެ ދިގު ބައްދަލުވުމެއް ބާއްވާފައެވެ.
އެހެންނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމާ ގުޅޭ އެއްވެސް މައުލުމާތެއް ދެފަރާތުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ