ބީއެމްއެލް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިގެން ގިނަ އިނާމުތަކެއް
އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ފަށައިފިއެވެ. ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަން ނިމުމުން ބޮޑު އިނާމެއްގެ ގޮތުގައި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 15،000 ރުފިޔާގެ ގިފްޓް ކާޑެއް ދޭނެ ކަމަށެވެ. މީގެ އިތުރުން އެ ކުންފުނިން ބުނީ، މިއަދުން ފެށިގެން ކުރިއަށް މިދާ ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކުވެސް ނުވަ ފަރާތެއް ގުރުއަތުން ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް 500 ޑޮލަރުން ދަށުގެ ޓްރާންސެކްޝަންތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 750 ރުފިޔާގެ ގިފްޓް ކާޑެއް 501 – 1000 ޑޮލަރާއި ދެމެދުގެ ޓްރާންސެކްޝަންތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 2000 ރުފިޔާގެ ގިފްޓް ކާޑެއް 1000 ޑޮލަރުން މަތީ ޓްރާންސެކްޝަންތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 3500 ރުފިޔާގެ ގިފްޓް ކާޑެއް މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ. އިނާމު ހާސިލު ކުރާ މީހުންގެ މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެކަން ވެސް އެ ބޭންކުން ފާހަގަކޮށްފައިވެއެވެ. މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ