މެމްބަރު ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ސިރާޖު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާ ކަމަށެވެ. އެހެންވެ ޕާޓީގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވި ސަބަބެއް ސިރާޖުގެ ސިޓީގައި ވިދާޅުވެފައެއް ނުވެ އެވެ.
ނަމަވެސް މިފަހުން އޭނާ ގެންދަވަނީ މާލެ ސަރަހައްދުން ގޯތި ދޭން ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެގޮތުން މާލެ ސަރަހައްދުން ހިލޭ ބިން އިންސާފުން ބެހުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖެތެރޭ ރަށްރަށުގައި ގޯތި ހަދަން ބޭންކުން ލޯނު ނުލިބުނަސް މާލެ ސަރަހައްދުން ދޫކުރި ގޯތިތައް ހެދުމަށް ބޭންކުތަކުން ލޯނު ދޫކުރަން އޮތް ތަފާތު ކުރުން ނައްތާލަންޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ