ސައުދީ ޕްރޯ ލީގުގެ އެއްވަނައަށް އަލް އިއްތިހާދު

ސައުދީ ޕްރޯ ލީގުގައި އަލް އިއްތިހާދުން އެއް ވަނަ އަށް ޖެހިލައިފި އެވެ.
އިއްތިހާދުން އެއްވަނައަށް ޖެހުނީ މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްގެންނެވެ. އިއްތިހާދުން މެޗު ކާމިޔާބުކުރީ އަލް ވަހްދާއާއި ވާދަކޮށް 3-0 ލަނޑުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފަވަނީ އިއްތިހާދުންނެވެ.
އަލް އިއްތިހާދުގެ ފުރަތަމަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ޖެހީ ރޮމާރީނިއޯ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި، ލީޑު ފުޅާކޮށްދިނީ ޖޮޓާ އެވެ. އަލް އިއްތިހާދުގެ ތިންވަނަ ލަނޑު އިގޯ ކޮރޮނާޑޯ ޖެހީ 73 ވަނަ މިނެޓުގަ އެވެ. ތިން ލަނޑު ޖެހުމުގެ ކުރިން ވެސް އަލް އިއްތިހާދަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ. އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ކަރީމް ބެންޒެމާ އަށް ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ.
މި ނަތީޖާއާއެކު ކުޅުނު ހަތަރު މެޗުން ހޯދި 12 ޕޮއިންޓާއެކު އަލް އިއްތިހާދު އޮތީ ތާވަލުގެ އެއްވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ