އަންނަ ބުދަ ދުވަހުން ފެށިގެން ފަސް ދުވަހަށް ވައި ގަދަވެ ކަނޑުވެސް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓު އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިރުން ބޭ އޮފް ބޭންގާލުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު ގަދަވަމުންދާ ކަމަށާއި އެކޮޅިގަނޑު ދަތުރުކުރަނީ އިންޑިޔާގެ ޓެމިލްނާޑޫއާއި އަވައްޓެރި ސްރީލންކާގެ އައްސޭރިފަށާ ދިމާލަށް ކަމަށެވެ.
އަދި ރާއްޖޭގެ ދެކުނުންވެސް ބާރުގަދަ ކޮޅިގަނޑެއް އުފެދިފައިވާތީ އެ ދެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމުގައި މެޓް އޮފީހުން ލަފާކުރެ އެވެ.
މެޓު އޮފީހުން ބުނީ ދެ ކޮޅިގަނޑުގެ ސަބަބުން މި ހަފުތާ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައިގަދަވެ ކަނޑުވެސް ގަދަވާނެ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖޭނެކަމަށް ލަފާކުރެވޭ ކަމަށާއި ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ވައިގަދެވެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ އެ މުއްދަތުގައި ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ބުދަ ދުވަހުން ފެށިގެން 5 ދުވަހަށް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ