ރާއްޖޭގައި ނެސްކެފޭގެ އުފެއްދުންތައް ބޭނުންކުރަން ފެށިތާ 40 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ބްރޭންޑުގެ އެންމެ ފެންވަރުމަތީ އެއް އުފެއްދުން ކަމަށްވާ "ނެސްކެފޭ ސުޕީރިއޯ" މިއަދު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފިއެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި ތައާރަފުކުރި މި ކޮފީއަކީ 100 ޕަސެންޓު އެރަބިކާ ބީންސް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، "ހޯލް ރޯސްޓެޑް" ކޮފީ ބީންސް އެކެވެ.
މިއީ ކޮފީގެ ރަހައަށް ލޯބިކުރާ ފަރާތްތަކަށާއި، ރިސޯޓުތަކާއި ކެފޭތަކަށް ހާއްސަކޮށްގެން ނެސްކެފޭ އިން ތައާރަފުކުރި ޕްރީމިއަމް ރޭންޖުގެ އުފެއްދުމެކެވެ.
މިއަދު ތައާރަފުކުރި ނެސްކެފޭ ސުޕީރިއޯއަކީ އޭގެ މީރު ރަހައާއި ވަހުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އުފެއްދުމެކެވެ. މިއީ އެސްޕްރެސޯ، ލާޓޭ އަދި ކަޕަޗީނޯ ފަދަ ބުއިންތަކަށް އެންމެ އެކަށޭނަ ގޮތަށް މީޑިއަމް ރޯސްޓްކޮށްފައިވާ ބީންސްއެކެވެ.
ގަރުނެއް ވާން ގާތްވެފައިވާ ދުނިޔޭގެ އެންމެ މަގުބޫލު އެއް ކޮފީ ބްރޭންޑު، ނެސްކެފޭ އަކީ ޒަމާނުއްސުރެ ދިވެހިންނާ ގުޅިލާމެހިފައިވާ ބްރޭންޑެކެވެ. މިއީ ގިނަ ދިވެހީން މިހާރު ވެސް ބޭނުންކުރާ ބްރޭންޑެވެ. މި ކޮފީ ރާއްޖޭގައި ވިއްކަނީ ނެސްލޭ އާއި ލިލީ އިންޓަނޭޝަނަލް ގުޅިގެންނެވެ.
ނެސްކެފޭ އިން ފާހަގަކުރި ގޮތުގައި، ވޭތުވެދިޔަ 40 އަހަރަކީ ދިވެހިންގެ ދިރިއުޅުމުގެ އާދަކާދައާ ނެސްކެފޭ ވަރަށް ބޮޑަށް ލާމެހިގެންދިޔަ ދުވަސްތަކެކެވެ.
އިންސްޓަންޓް ކޮފީއިން ފެށިގެން އަލަށް ތައާރަފުކުރި ޕްރީމިއަމް ބީންސްއާ ހަމައަށް، ދިވެހި ކޮފީ މާކެޓުގައި ނެސްކެފޭއަކީ އިތުބާރު ހޯދާފައިވާ ނަމެކެވެ.
މިއަދުގެ ހަފުލާގައި ކޮފީގެ ރަހަ ބަލާލުމުގެ ހަރަކާތްތަކެއް ކުރިއަށްދިޔައިރު، މި އުފެއްދުން ލިލީން އިންޓަނޭޝަނަލްއިން ލިބޭނެ އެވެ.
ޕްރީމިއަމް "ނެސްކެފޭ ސުޕީރިއޯ" ރާއްޖެއަށް ތައާރަފުކޮށްފި ޕްރީމިއަމް "ނެސްކެފޭ ސުޕީރިއޯ" ރާއްޖެއަށް ތައާރަފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ