އެލައިޑް އިންޝުއަރަންސްގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެގޮތުން އެލައިޑް އިންޝުއަރަންސްގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކުންފުނިން ވަނީ 2025 ވަނަ އަހަރު ކުންފުނިން ހޯދި ތާރީޚީ ކާމިޔާބީތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށް، 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތައް އިޢުލާންކޮށްފައެވެ.
2025 ގައި ކުންފުނިން ވަނީ މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި އަދި ކޯޕަރޭޓް ޕާޓްނާޝިޕްގެ އެކި ހަރަކާތްތައް ކާމިޔާބުކަމާއެކު ހިންގާފައެވެ.
ފާހަގަ ކޮށްލެވޭ ބައެއް ހަރަކާތްތަކުގެ ތެރޭގައި، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ހިންގި "ޑައިވް 40" އިނީޝިއޭޓިވް އާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދިޔަ"ރައްކާ" މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕޭން ހިމެނެއެވެ. މީގެ އިތުރުން، މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި ފެމިލީ ތަކާފުލް ޕްލޭންތަކަށް އާންމުންއަހުލުވެރިކުރުވުމަށް ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި "އެލައިޑް ފެސްޓް 2025" ގެސިލްސިލާ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މުޖުތަމައުގެދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން "އެލައިޑް ބައިސްކަލު ރޭސް" ވެސް ވަނީބާއްވާފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެލައިޑުން ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އެކިކޯޕަރޭޓް ޕްލެޓްފޯމްތަކާއި ގުޅިގެން ކުންފުނީގެ ދައުރު އިތުރަށް ފުޅާކޮށްފައެވެ. މީގެތެރޭގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ)، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީ.ޓީ.އެމް)، ބިޒްވީކް، ސީ.އީ.އޯ ސަމިޓް، މޯލްޑިވްސް ޓެކްސް ފޯރަމް، މެރިންއިންޑަސްޓްރީ ފޯރަމް، މޯލްޑިވްސް ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް،މޯލްޑިވްސް މެރިން އެކްސްޕޯ އަދި މޯލްޑިވްސް ލިވިންގ އެކްސްޕޯ ފަދަ ޕްލެޓްފޯމްތައް ހިމެނެއެވެ.
2025 ވަނަ އަހަރު އެލައިޑުން ވަނީ ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. އޭގެ ކުރީއަހަރާ އަޅާބަލާއިރު އާމްދަނީއަށް ވަނީ ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ލިބިފައެވެ. މީގެ އިތުރުން، މާކެޓްގެ ރަނގަޅު އިންސައްތަ އެއްވެސް ވަނީ ހާސިލްކުރެވިފައެވެ.
އަދި މީގެ އިތުރުންވެސް، 2025 ވަނަ އަހަރު، އެލައިޑްގެ އިސްލާމިކް ވިންޑޯއަށް 10 އަހަރު ފުރުނު މުނާސަބަތާ ގުޅުވައި، "އަޔާދީ ތަކާފުލް" ގެ ނަން ވަނީ "އެލައިޑްތަކާފުލް" އަށް ބަދަލުކޮށް ރީބްރޭންޑް ކޮށްފައެވެ. މީގެ އިތުރުން، އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތް އޭޝިއާ (އިފްސާ) އެވޯޑްސްގައި، ފާއިތުވި ދިހަ އަހަރުގެ(2016-2025) އެންމެ ފާހަގަކޮށްލެވޭ ތަކާފުލް ވިންޑޯގެ ޝަރަފުވެރި ލަގަބު އެލައިޑްތަކާފުލްއަށް ވަނީ ލިބިފައެވެ. އަދި ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް (ޖިފާ) އިން ދޭ ޖިފާ އެކްސެލެންސް އެވޯޑް (ތަކާފުލް) 2025 ވެސް ވަނީ ލިބިފައެވެ.
ކަސްޓަމަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ރާއްޖޭގެ އެންމެއިތުބާރުހުރި އިންޝުއަރަންސް އަދި ތަކާފުލް ޚިދުމަތްދޭ ކުންފުނީގެ ގޮތުގައިއެލައިޑުން އަދާކުރާ ދައުރު 2026 ވަނަ އަހަރުވެސް އިތުރަށް ވަރުގަދަކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ހަމަމިއާއެކު، އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެވިޔަފާރިތަކަށްވެސް ޚާއްޞަކޮށްގެން ފަރުމާކުރެވޭ އިންޝުއަރަންސް އަދި ތަކާފުލް ޕްލޭންތަކަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން، ޚިދުމަތުގެ ފެންވަރުރަނގަޅުކޮށް، މަސައްކަތްތައް ހަލުވިކޮށް، ކަސްޓަމަރުންނަށް ފަހި ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރެވޭނެ ކަމަށް އެލައިޑުން ބުންޏެވެ.
ހަމައެއާއެކު، 2026 ވަނަ އަހަރު ވެސް މުހިންމު ކޯޕަރޭޓް ޕާޓްނަރޝިޕްތަކާއި،ކޯޕަރޭޓް ޕްލެޓްފޯމް ތަކުގައި ކުންފުނީގެ ބައިވެރިވުން އިތުރުކުރުމަށް އެލައިޑުން އިސްކަންދޭނެ ކަމަށާ، 2026 ވަނަ އަހަރު މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކުގައި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭނީ ދުޅަހެޔޮކަމާއި ސިއްހަތާގުޅުންހުރި ކަންކަމަށް ކަމަށްވެސް ބުނެފައިވެއެވެ.
އަދި ކުންފުނީގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން، ކުންފުނީގެ އަސްލު ނުގެއްލޭނޭހެން ކުންފުނީގެ ލޯގޯ އަދި އެލައިޑް އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލްގެ ލޯގޯއަށް ގެނެވުނު ބަދަލު މިއަދު މިވަނީ ރަސްމީކޮށް ދައްކާލާފައެވެ.
މިއަދާއި ގުޅިގެން ކުންފުނިންވަނީ ޙާއްސަ "ކޮމްޕްރިހެންސިވް މޮޓޯއިންޝުއަރަންސް" ޕްރޮމޯޝަންއެއް އިއުލާންކޮށްފައެވެ. މިޕްރޮމޯޝަންގައި 25 އިންސައްތައިގެ ޚާއްޞަ ޑިސްކައުންޓެއް އޮންލައިންކޮށް މޮޓޯ ކޮންމްޕްރިހެންސިވް ނަގާ ފަރާތްތަކަށް ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 1 ފެބްރުއަރީ 2026 އިން 15 ފެބްރުއަރީ 2026 ގެ ނިޔަލަށް، ޕޮލިސީ ނަގާ ފުރަތަމަ 41 މީހުންނަށެވެ. މީގެ ތެރޭގައި އެލައިޑް ތަކާފުލްގެ ޕްލޭންތައް ވެސް ހިމެނެއެވެ.
މިއަދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެކެމްޕޭން "ރައްކާ 2026" ކުރިއަށް ގެންދިއުމަށްޓަކައި އެލައިޑާއި މޯލްޑިވްސް ޕޮލިސްސާވިސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމެވެ. 2014 ވަނަ އަހަރުން ފެށިގެންމޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން ކުރިއަށް ގެންދެވޭ މި މަސައްކަތަކީ، މަގުމަތީގެ ރައްކާތެރިކަމާއި މުޖުތަމައުގެ ލާބައަށް މި ކުންފުނިން ދޭ އަހައްމިއްޔަތުރަމްޒުކޮށްދޭ މަސައްކަތެކެވެ.
މި އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީމެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ލުވައިޒެވެ. އަދި މޯލްޑިވްސް ޕޮލިސްސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އިސްމާޢީލްނަވީނެވެ. މި ޕާޓްނަޝިޕަކީ މުޖުތަމައުގެ ރައްކާތެރިކަމާއި އިޖުތިމާއީ ޒިންމާއަދާކުރުމުގައި އެލައިޑުން ދަމަހައްޓަމުންދާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާމުހިންމު ހަރަކާތެކެވެ.
އެލައިޑްގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ