މާލޭ، ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު ފިރިހެން މީހާގެ އޮޓޮޕްސީ ހެދުމަށް ފުލުހުން ނިންމައިފި އެވެ.
ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ބެލި ބެލުމުން، އެހެން މީހެއްގެ ފަރާތުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
ނަމަވެސް ހަށިގަނޑު އޮތް ހާލަތަށާއި، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން، އެ ހާދިސާއާ ހިނގާފައިވާ ތަނާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
"އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުްނދާއިރު، މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން މައުލޫމާތު ހާމަކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގައި މަސްތުވާތަކެތި ބޭނުންކުރަން ވަދެއުޅޭ ތަންތަނުގައި ދޭތެރެ ދޭތެރެއިން މަރުވެފައި އޮންނަ މީހުން ފެނެ އެވެ. އެގޮތުން މައްސަލައިގައި ތުހުމަތުކުރެވޭ މިންވަރަށް ބަލައި އޮޓޮޕްސީ ހަދަ އެވެ.
މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ އޮޓޮޕްސީ ހަދަނީ މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ އޮޓޮޕްސީ ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ