ދެން ރައީސްގެ ސްކޮލަޝިޕްގައި ކިޔެވޭނީ، ޓްރެއިނިން ނީޑްސް ލިސްޓުގައި ހިމެނޭ ދާއިރާތަކުން

ދެން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގައި ކިޔެވޭނީ، ރާއްޖޭގެ ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓުގައި ހިމެނޭ ދާއިރާތައް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފިއެވެ. ކުރިން ރައީސްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ބޭނުން ދާއިރާއަކުން ކިޔެވެއެވެ. ނަމަވެސް، ރޭ މިނިސްޓްރީން އާންމުކުރި އުސޫލުގައި ވަނީ، ރައީސްގެ ސްކޮލަޝިޕް ދޭނީ، އެ ވަގުތަށް މިނިސްޓްރީގައި ޝާއިއުކޮށްފައިވާ "ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓުގައި" ހިމެނޭ ދާއިރާތަކުން އެކަނި ކަމަށް ކަނޑައަޅާފައެވެ. އެކަމަކު، މިދިޔަ އަހަރު ރާއްޖޭގެ ސުކޫލުތަކުން ގްރޭޑު 12 ނިންމައި، މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވެގެން ސްކޮލަޝިޕް ހޯދާ ދަރިވަރުންނަށް ކިޔަވަން ބޭނުން ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އެ އުސޫލުގައި ވަނީ، ސްކޮލަޝިޕްގެ ދަށުން ރާއްޖޭގެ މަރުކަޒުތަކުގައި ކިޔެވުން ކުރިއަށްދާ ދަރިވަރުންނަށް އާންމުކޮށް ކަނޑައަޅާފައިވާ ސްޓައިޕެންޑު ރޭޓުގެ އިތުރުން މަހަކު، 6،000 ރުފިޔާގެ ޚާއްސަ އެލަވެންސެއް ދޭން ނިންމާފައެވެ. https://sun.mv/219890 އެ ސްކޮލަޝިޕް ދެން ލިބޭނީ، މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން އޭލެވެލްއިން މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' ހޯދުމުންނެވެ. މީގެއިތުރުން، ރައީސް ދެއްވާ ސްކޯލާޝިޕް ލިބޭނީ އޭލެވެލް އިމްތިހާނުގައި، އެޗްއެސްސީ ދިވެއްސާއި އިސްލާމް ހިމެނޭހެން، ފަސް މާއްދާއިން އޭ ސްޓާ ހޯދައި، އޯ ލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީއަށް ވުރެ މަތީ ފާހެއް ހޯދުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ