މާލެ ސަރަޙައްދުގައި އެޅުމަށް ހަމަޖެހިފައިވާ 7 ޕާކިންގ ބިލްޑިންގ އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ދަތުރުފަތުރާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މި ޢިމާރާތްތައް ދައްކުވައިދޭ ކުރެހުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން އަމީން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ހަތަރު ފުރޮޅުލީ އުޅަނދުތަކައް 2600 އަވްވުރެ ގިނާ ޕާކިންގ ސްލޮޓްތަކެއް ލިބިގެންދާއިރު، ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 އަށްވުރެ ގިނަ ޕާކިންގ ސްލޮޓްތަކެއް ލިބިގެންދާނެ ކަމަށެވެ.
މާލެ ސަރަޙައްދުގއަި އެއްގަމު އުޅަނދުތައް ދުއްވާ ފަރާތްތަކާއި އަދި ހިނގާ ފަރާތްތަކުން ވެސް އެއްމެ ގިނަ ބަޔަކު ފާހަގަކުރާ އެއް މައްސަލައަކީ، އުސޫލެއް ނެތްގޮތަށް، އެކިދިމަދިމާލުގައި ޕާކް ކޮށްފަ ހުންނަ އުޅަނދުތަކުގެ މައްސަލައެވެ. އުޅަނދުތައް ދުއްވާ ފަރާތްތަކުން ވަނީ، މިހެން މިކަންތައް ދިމާވާން ޖެހޭ އެއްމެ ބޮޑު މައްސަލައަކީ، މާލެ ސަރަހައްދުގައި ޕާކް ކުރާނެ ޖާގަތައް ނެތުމެވެ. މަގުތަކުގެ ދެ ފަރާތުގައި ކާރާއި ސައިކަލުތައް ޕާކުކޮށްފައި އޮތުމުގެ ސަބަބުން ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަކީ ޕާކިންގެ ދަތިތަކަށް ހައްލު ހޯދައި، މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް މަގުމަތީގައި ޕާކުކުރުން ހުއްޓުމަކަށް އައިސް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން މިކަމުގެ ސަބަބުން އިތުރުވެގެންދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ