ގދ. ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.
ގދ. ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 87,455 އަކަފޫޓުގެ ސަރަހައްދެއްގައި 102 އެނދުގެ ޖާގައިގެ ޢިމާރާތެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މިއ،ީ 144.43 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
10,000 މަތީގެ އާބާދީއެއް އޮންނަ ތިނަދޫ ސިޓީއަކީ ދުވާލަކު އެތައް ބަޔަކު ޞިއްޙީ ފަރުވާ ހޯދުމަށް ދަތުރުކުރާ އަތޮޅުގެވެރިކަން ކުރާ ރަށެވެ. ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރު ވިންގެއް ޑިޒައިންކޮށް ޢިމާރަތް ކުރުމުގެ ޢަމަލީ މަސައްކަތް ނިމުމާއެކު ތިނަދޫއިން ލިބޭ ސިއްޙީ ފަރުވާ އިތުރުވެ، ތިނަދޫ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ބޭސްފަރުވާގެ ޚިދުމަތް ލިބުމަށް މަގުފަހި ވެގެންދާނެއެވެ. މިއ،ީ މި ރަށާއި އަދި އަތޮޅު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމެކެވެ.
ޓާޝަރީ ފެންވަރަށް އެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ އިތުރުން މިއަދު ވަނީ އެމް.އާރް.އައި ޚިދުމަތަށް ބޭނުންވާ މަސައްކަތްތައް ފެށުމުގެ އިތުރުން، ހައިޕަރބެރިކް އޮކްސިޖަން ޗޭމްބަރ އިންސްޓޯލްކުރުމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފައެވެ.
މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ޖަމްޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ސިޓީގެ މެންބަރުންނާއި ތިނަދޫ ސިޓީ ކައުންސިލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ތިނަދޫ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްގީކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ