މަރުވި 2 ގައިދީންގެ ހަށިގަނޑު ޕޯސްމޯޓަމް ހަދަން ބޭރަށް ފޮނުވައިފި

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
 ވީ ކިހިނެއް؟ - އެ ދެ ގައިދީން ވެސް މަރުވެފައި ވަނީ މި މަހުގެ 2ގަ އެވެ.
މަރުވި ދެ ގައިދީންނަކީ:
އިބްރާހިމް ސުހެއިލް، 53، ދަފްތަރު ނރ. 439 
ހަސަން ނިޔާޒް، 45، ދިއްގާގަސްދޮށުގެ/ސ. ހިތަދޫ
ތަފްސީލު - މިދިޔަ ހޯމަ ދުވަހު ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އާންމު އުސޫލުން އެ ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފަ އެވެ. އަދި މިއަދު 'ދައުރު'ން ފުލުހުންގެ މީޑިއާ އޮފިޝަލަކާ ސުވާލު ކުރުމުން ވިދާޅުވީ، އިއްޔެގެ ވަގުތެއްގައި އެ ދެ ގައިދީންގެ ހަށިގަނޑު ވެސް އިންޑިއާއަށް ގެންގޮސްފައިވާ ކަމަށެވެ.
ކަރެކްޝަންސްއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި:
އިބްރާހިމް ސުހެއިލް މަރުވިއިރު، އޭނާގެ ހާލު ދެރަވެގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަފްތާއެއް ވަނީ ވެފަ؛ އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، އެ ދުވަހު ހެނދުނު 9:05 ހާއިރު
ހަސަން ނިޔާޒު މަރުވެފައިވަނީ އެ ދުވަހުގެ މެންދުރުފަހު 2:05ގައި؛ އޭނާއަށް "ކުއްލި މެޑިކަލް އެމަޖިންސީއެއް" އެ ދުވަހު ދިމާވި. (ނަމަވެސް އެއީ ކޮން ކުއްލި އެމަޖެންސީއެއް ކަމެއް ކަރެކެޝަންސްއިން އާންމު ކުރި ހަބަރަކުން ނޭނގެ)
އެނގިފައިވާ ގޮތުގައި، ހަސަން ނިޔާޒު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ޖަލުގެ ފާހާނާތެރެއަށް ވެއްޓި ހޭނެތިފައި އޮއްވަ އެވެ.
ހަސަން ނިޔާޒު ގައިގައި ޒަހަމްތަކެއް ހުރި ފޮޓޯތަކެއް ވެސް ސޯޝަލް މީޑީއާގައި ވަނީ ދައުރުވެފަ އެވެ. އެކަމާ ގުޅިގެން 'ދައުރު'ން ކަރެކްޝަންއާ އޭރު ސުވާލު ކުރުމުން ލިޔުމުން ފޮނުވި ޖަވާބުގައި ބުނީ، "ޕްރިޒަން ސިސްޓަމް ތެެެރެއިން އެއްވެސް ގައިދީަކަށް އަނިޔާ ނުކުރާނެ. އެއީ ވަރަށް ހަރުކަށިކޮށް ބަލާ ކަމެއް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ