ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

މެދުއިރުމަތީގެ ޤައުމުތަކަށް ދަތުރުކުރާ ދަތުރުވެރިން، ފުރަން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިއުމުގެ ކުރިން ފްލައިޓާބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެއެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކަށްފަހު، މެދުއިރުމަތީގެ މަޝްރަހް ގޯސްވެ، ގަލްފް ޤައުމުތަކުގެ މައި އެއާޕޯޓްތަކުގެ ފްލައިޓް އޮޕަރޭޝަންތައް ވަނީ ވަގުތީގޮތުން ހުއްޓުމަކަށް ގެނެސްފައެވެ.
މިކަމާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލުން ބުނީ، މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކުންއެއާޕޯޓަށް ފުރަން އައުމުގެ ކުރިން ފްލައިޓާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން ފްލައިޓާ ބެހޭ މައުލޫމާތު އެ އެއާލައިނެއްގެ ވެބްސައިޓުގެ އިތުރުން ޓްރެވަލް އޭޖެންޓުންގެ ފަރާތުން ހޯދުމަށް ވަނީ އެދިފައެވެ.
އެމްއޭސީއެލުން ވަނީ ފްލައިޓާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި އެއާލައިނުން ނުވަތަ ޓްރެވަލް އޭޖެންޓުން ދޭ އިރުޝާދުތަކަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ