މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ.
1 ޖޯޑު ނެސްލޭ ކްރީމް
1 ޖޯޑު ވިޕިން ކްރީމް
1/2 ސައި ސަމުސާ ވެނީލާ އެސެންސް
2 މޭޒުމަތީ ސަމުސާ ހަކުރު 
1/2 ޖޯޑު ގެރި ކިރު
1 ޖޯޑު ފުރުޓް ކޮކްޓެއިލް ނުވަތަ އެކި ވައްތަރު ފްރެޝްފުރުޓް
ހޭންޑް މިކްސަރަކުން ވިޕްކްރީމް، ނެސްލޭ ކްރީމް، ހަކުރު އަދި ވެނީލާ އެސެންސް ރަނގަޅަށް ވިޕް ކޮށްލާށެވެ.
ދެން ގެރިކިރު އަޅާލުމަށްފަހު އެކުލަވާލާށެވެ. 
އެއަށްފަހު މޭވާ ކޮޅު އަޅާލައި އެކުލަވާލާށެވެ. 
ދެން ފްރިޖަށްލައި ފިނި ކޮށްލާށެވެ. ވެނީލާ އައިސްކްރީމާއެކު ކާލަން ވަރަށް މީރުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ