އީދު ނަމާދު ބޮޑު ޖަމާއަތް މިފަހަރު ވެސް މާލޭގެ ހަތަަރު ސަރަހައްދެއްގައި
މާލެ ސިޓީގައި ބޮޑު ޖަމާއަތުގައި ހަތަރު ސަރަހައްދެއްގައި އަދި 25 މިސްކިތެއްގައި އީދު ނަމާދުކުރަން ނިންމައިފި އެވެ.އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން، މި އަހަރު ވެސް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ. އީދު ނަމާދު ފަށާނީ ހެނދުނު 7:00ގަ އެވެ.ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ:މާލޭ މާފަންނު ސްޓޭޑިއަމް ވިލިމާލޭ ފުޓްބޯޅަ ދަނޑު ހުޅުމާލޭ ސިންތަޓިކް ޓްރެކް ދަނޑުހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދު ހަސަން އާދަމް އާއި ހުޅުމާލެ ދެވަނަ ފިޔަަވަހީގެ ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި ދުނބުރި ގަސްމަގާ އެއްކޮށް އޮންނަ ހުސް ބިމުގައިމާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައްމަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު)މަސްޖިދު މަލިކި ސަލްމާންމަސްޖިދުލް ފުރްޤާންމަސްޖިދުއް ނޫރުމަސްޖިދުއް ޝަހީދު ޢަލީމަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް (ދުބުރި މިސްކިތް)މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)މަސްޖިދު ޞަލާޙުއްދީންމަސްޖިދު ޖަލާލުއްދީންމަސްޖިދު އިބްރާހީމްމަސްޖިދު އިސްކަންދަރުމަސްޖިދު ޔޫސުފުލް ބަރުބަރީމަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން (ރަން މިސްކިތް)މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)މާފަންނު އާ މިސްކިތްހުޅުމާލޭގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައްމަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)މަސްޖިދު އަޞްދީޤާ (ހުޅުމާލެ ފޭސް 1)މަސްޖިދުލް ވާލިދައިނި (ހުޅުމާލެ ފޭސް 1)މަސްޖިދުލް އީމާން (ހުޅުމާލެ ފޭސް 2)މަސްޖިދު އުޘްމާން ބިން ޢައްފާން (ހުޅުމާލެ ފޭސް 2)ވިިލިމާލޭގައި ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ، މަސްޖިދުއް ސަލާމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ