ތަފާތު އެކިއެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާ ކުރުމަށް އަމާޒު ކުރާ ‘ލިޓް ފެސްޓް’ ހަފްތާ ބަންދު ގައި ބާއްވަން ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ 14-20 އާ ދެމެދުގެ އުމުރު ފުރައަށް އަމާޒު ކުރާ މި ފެސްޓިވަލްގައި އަރޓްސް، ކްކަރީ، ހޭންޑީ ކްރާފްޓްގެ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހުނަރުތައް ހިމަނާފައި ވެއެވެ. އެގޮތުން، އަތްތެރި މަސައްކަތް، ލައިވް އަރޓް ސްޓޭޝަން، ކްލޭ އަރޓްސް، ހެނާ އަރޓްސް، ކެލިގްރަފީ، ޕޭސްޓްރީ، އެމްބްރޮއިޑެރީ، އެސެސަރީޒް ވޯކް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ލައިވް އަރޓް ސްޓޭޝަންގެ ބައިތަކުގެ ތެރޭގައި ޑިޖިޓަލް އަރޓްސް، 3ޑީ އެނިމޭޝަން ހިމެނޭ އިރު، ލަވަކިޔުން، ނެށުން، ބޮޑުބެރު، ޑްރާމާ، ފްރީސްޓައިލް އަދި އިންސްޓްރުމެންޓް ކުޅުން، ކޮންޓެންޓް ކްރިއޭޝަން، އޯޕަން މައިކް، ސްޓޭންޑްއަޕް ކޮމެޑީ އަދި ސްޓޯރީ ޓެލިންގ ފަދަ ހުނަރުތައް ހިމެނެއެވެ. މި ފެސްޓިވަލް އިންތިޒާމް ކުރާ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ، ފެސްޓިވަލްގެ ޙަރަކާތްތަކުގައި ބައިވެރިވެ ޙަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކާއި ޙަރަކާތްތަކަށް ހިނގާނެ ޚަރަދު މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އިދާރީ ގޮތުން ހޯދަން ޖެހޭ ތަކެތިވެސް މިނިސްޓްރީން ހޯދައިދޭނެ ކަމަށެވެ.
މި މަހުގެ 25،26 އަދި 27 ވަނަ ދުވަހު ކުރިއަށް ދާ މި ފެސްޓިވަލް އަކީ އާންމުންނަށް ޒިޔާރަތް ކުރެވޭނެ ފެސްޓިވަލެއް ކަމަށް ވާއިރު، ފެސްޓިވަލްގެ ބައިވެރިން ތައްރާރު ކުރާ ތަކެތި ވިއްކުމުގެ ފުރުޞަތު އެ ބައިވެރިންނަށް ލިބިގެން ދާނެއެވެ. ޔޫތު މިނިސްޓްރީން ބުނީ، ލިޓް ފެސްޓުގައި ބައިވެރިވުމަށް ޒުވާން ކުދިން ހުށަހަޅަމުން އަންނަ ކަމަށާއި، އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ބެލެނިވެރިޔަކާއެކު ބައިވެރިވާން ޖެހޭ ގޮތަށް ކަމަށެވެ. އަދި ބައިވެރިވުމަށް ފޭސްބްކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މި ފެސްޓާ ގުޅޭ ގޮތުން ހިއްސާ ކޮށްފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެން ބައިވެރިވެވޭނެ ކަމަށް ވެސް ޔޫތު މިނިސްޓްރީން ބުނެއެވެ. މި ފެސްޓިވަލްގައި ބައިވެރިވާ ޒުވާނުންގެ އަދަދު ގިނަ ނަމަ، ފުރުސަތު ލިބިގެން ދާނީ ބައިވެރިވާ ތަރުތީބުން ކަމުގައި ވެސް އެ މިނިނިސްޓްރީން ބުނެފައި ވެއެވެ.
ނަދީމް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި ވައިބާ ހެކްކޮށް އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި މޯލްޑިވްސް 2.0 އަކީ ތަރައްގީގެ ޕްލޭނާއެކު އިންގިލާބ ބޮޑު ބަދަލެއް އަންނާނެ މާލީ ދާއިރާ ތަރައްގީ ކުރުމުގެ ހަރަކާތްތައް އިފްތިތާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ