ރައްޔިތުން ދެއްވި ތާއީދު އަބަދުވެސް ހަނދާނުގައި ބަހައްޓާނަން

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމުން ވޯޓް ދެއްވި ހުރިހާ ރައްޔިތުން ކުރެއްވި އިތުބާރާއި ދެއްވި ތާއީދު އަބަދުވެސް ހަނދާނުގައި ބަހައްޓާނެ ކަމަށް ޕީއެންސީގެ ޓިކެޓްގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.
މޫސާ އަލީ ޖަލީލް އާންމުކުރެއްވި ޝުކުރުގެ މެސެޖުގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި އަދި އިންތިޚާބުގައި ދެއްވި ބޮޑު އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށާއި ކޮންގްރެސްގެ ލީޑަރޝިޕާއި މެންބަރުންނަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ.
"މާލެ ސިޓީގެ މޭޔަރުކަމަށް އަޅުގަނޑަށް ވޯޓް ދެއްވި ހުރިހާ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ކުރެެއްވި އިތުބާރާ ދެއްވި ތާއީދު އަބަދުވެސް ޝުކުރުވެރިކަމާއެެކު ހަނދާން ބަހައްޓާނަމެވެ," ޖަލީލު ވިދާޅުވި އެވެ.
ޖަލީލުގެ މެސެޖުގައި ވަނީ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވާފަ އެެވެ. އަދި ވިދާޅުވީ ރާއްޖެއާ ދިވެހި ރައްޔިތުންނަށް އަބަދުވެސް އެދެނީ ފާގަތިކަމާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ