ލިޒްބަން، ޕޯޗުގަލް (ޑިސެމްބަރު 31) - ސީޒަނުގެ ބާކީ ބަޔަަށް ހަދާފައި އޮތް ކޮންޓްރެކްޓެއްގައި ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު، ތިއާގޯ ސިލްވާ ސޮއިކުރިއިރު، އެ ޓީމުގައި، އޭނާ އަށް ވުރެން ފަސް އަހަރު ހަގު ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅެން ޖެހިއްޖެ އެވެ.
އުމުރުން 41 އަހަރުގެ ތިއާގޯ ސިލްވާ، އެންމެ ފަހުން ކުޅެފައިވަނީ، އޭނާ އަމިއްލަ ގައުމުގައި ކުރިން ކުޅުނު ކްލަބް ފްލުމިނެންސޭ އަށެވެ. ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އެ ޓީމަށް ކުޅުނު ތިއާގޯ ސިލްވާ ސީޒަނުގެ ބާކީ ބައިގައި ޕޯޓޯ އަށް ކުޅެން އެއްބަސްވިއިރު، އެ ކްލަބްގެ ބީ ޓީމަށް މީގެ 20 އަހަރު ކުރިން ތިއާގޯ ސިލްވާ ވަނީ ކުޅެފަ އެވެ.
މިދިޔަ ސީޒަނުގައި ފްލުމިނެންސޭ އަށް 46 މެޗު ކުޅެދިން ތިއާގޯ ސިލްވާ، އެ ކްލަބާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް ނިމުމުގެ ހަ މަސް ކުރިން އުވާލުމަށް ފަހު ޕޯޓޯ އަށް ބަދަލުވާން ނިންމީ، އަންނަ އަހަރުގެ ވޯލްޑް ކަޕް ސްކޮޑަށް އެރުމުގެ ވެސް އުންމީދާ އެކުގަ އެވެ.
ކޯޗު، ފްރަންސެސްކޯ ފަރިއޯލީ
ޕޯޓޯގައި ހުރި 36 އަހަރުގެ ކޯޗު، ފްރަންސެސްކޯ ފަރިއޯލީގެ ކޯޗުކަމުގައި، ތިއާގޯ ސިލްވާ އެ ޓީމަށް ކުޅެން ނިންމިިއިރު، އުމުރުގައި ފަސް އަހަރުގެ ފަރަގެއް އެބަހުއްޓެވެ.
ތިއާގޯ ސިލްވާގެ ކެރިއަރުގައިި 32 ޓްރޮފީ ހޯދާފައިވާއިރު، އޭނާ ވަނީ ޔޫރަޕްގައި އޭސީ މިލާން، ޕީއެސްޖީ އަދި ޗެލްސީ އަށް ކުޅެފަ އެވެ.
ސްޕޯޓްސް ސައިންސް ކިޔާފައިވާ ފަރިއޯލީ ވަނީ ގަތަރުގެ އެސްޕަޔާ އެކަޑަމީގައި މަސައްކަތް ކޮށްފަ އެެވެ. ރަސްމީކޮށް ކޯޗިން ކެރިއަރު ފެށީ މީގެ ހަތަރު އަހަރު ކުރިން ތުރުކީގަ އެވެ.
މި ސީޒަނުގައި ޕޯޓޯއާ ހަވާލުވުމުގެ ކުރިން އަޔަކްސް އަށް ވެސް ކޯޗުކޮށްދީފައިވެ އެވެ. އަދި، ފްރާންސްގެ ނީސް އަށް ވެސް އެއް ސީޒަނުގައި އިރުޝާދުދީފައިވެ އެވެ.
ތިއާގޯ ސިލްވާ ޕޯޓޯ އަށް، ކޯޗަށް ވުރެން ފަސް އަހަރު ދޮށި! ތިއާގޯ ސިލްވާ ޕޯޓޯ އަށް، ކޯޗަށް ވުރެން ފަސް އަހަރު ދޮށި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ