ގެދޮވެރުވެރިޔާ އަށް އަލުން ފޯމްލާން ބުނެ ސްކޭމެއް

ފްލެޓަށް އަލުން ހުޅުވާލި ކަމަށް ބުނެ ސްކޭމް މެސެޖެއް ފޮނުވާތީ ސަމާލު ވާން އެދިއްޖެ އެވެ.ފުލުހުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނީ މިއީ ސްކޭމަކަށްވާތީ ސަމާލުވާން ވެސް އެދޭ ކަމަށެވެ. މީގެ ކުރިން ވެސް މިފަދަ ސްކޭމްތައް ބޯހިޔާވަހިކަމުގެ ތަފާތު މަޝްރޫއުތަކާ ގުޅުވައިގެން ހިންގާފައިވެ އެވެ. އަދި އެކަން އާންމުންގެ ސަމާލު ކަމަށް ފުލުހުން ގެނެސްފައިވެ އެވެ.ގެދޮރުވެެރިޔާ ސްކީމްގެ ދަށުން ހުޅުވާލި 4000 ފްލެޓް ލިބޭނެ މީހުން ވަނީ ކަނޑައަޅާފަ އެވެ. އެކަން ކުރީ ކުރީގެ ސަރުކާރުންނެވެ. ނަމަވެސް ލިސްޓްގައި މައްސަލަ ހުރި ކަމަށް އޭސީސީން ބުނުމުން ލިސްޓް ސައްހަ ކުރުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ ލިސްޓް އެކުލަވާލުމުގެ މަސައްކަތް މިހާރުގެ ހައުސިން މިނިސްޓްރީން ކުރާތާ އެތައް މަހެއް ވެއްޖެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ