ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ލ. އަތޮޅުގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ގަމާއި އިސްދޫން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މި މުބާރާތުގެ ލ. އަތޮޅުގެ ގްރޫޕް އެކެއްގައި ގަމުން ކުޅުނު ދެ ވަނަ މެޗުގައި ނުކުތީ މާބައިދޫއާ ދެކޮޅަށެވެ. މި މެޗު ގަމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ 14 ވަނަ މިނެޓުގައި ގަމަށް ލީޑު ނަގައިދިނީ އަބްދުالله ޖުނައިދު (ޖެންނޭ) ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ގަމުގެ މުހައްމަދު މުސްލިހު ވަނީ އިތުރު ގޯލެއް ޖަހާ ގަމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
މި ނަތީޖާއާއެކު ގަމުން ހިމެނޭ ލ. އަތޮޅުގެ ގްރޫޕް އެކެއްގައި އެ ޓީމުން ކުޅުނު ދެ މެޗު ކާމިޔާބުކޮށް ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ވަނީ ޖާގަ ހޯދައިފަ އެވެ. މި ގްރޫޕުން ދެން ސެމީ އަށް ދާނެ ޓީމެއް އެނގޭނީ މާބައިދޫއާ މާވަށް ބައްދަލުކުރާ މެޗުންނެވެ.
ލ. އަތޮޅުގެ ގްރޫޕް ދޭއްގައި އިސްދޫ އިން ވަނީ 5-1 ގެ ނަތީޖާ އަކުން ކަލައިދޫ ބަލިކޮށްފަ އެވެ. މި ގްރޫޕްުގައި އެންމެ ފުރަތަމަ މުންޑޫ އާއި ކަލައިދޫ ބައްދަލުކުރި މެޗު ވަނީ 3-3 އިން އެއްވަރުވެފަ އެވެ. އެހެންކަމުން، އިސްދޫ ވަނީ ރޭގެ ނަތީޖާއާ އެކު ސެމީ ޔަގީންކޮށްފަ އެވެ .
ރޭގެ މެޗުގައި އިސްދޫގެ އަލީ ހުމޭޒު އާއި އަލީ މީސާގު އީސާ ވަނީ ދެ ގޯލު ޖަހާފަ އެވެ. އިސްދޫން ދެން ޖެހި ގޯލު އެ ޓީމަށް ޖަހައިދިނީ ހުސެއިން އަފްހާން އެވެ.
16:00: ކ. ދިއްފުށި - ކ. މާފުށި
16:00: ކ. ހިންމަފުށި - ކ. ގާފަރު
17:00: ކ. ގުޅި - ކ. ގުރައިދޫ
17:00: ކ. ތުލުސްދޫ - ކ. ކާށިދޫ
----------------------------------------
20:00: އއ. ސެމީ ފައިނަލް: އއ. ރަސްދޫ - އއ. މަތިވެރި
20:00: އއ. ސެމީ ފައިނަލް: އއ. ބޮޑުފޮޅުދޫ - އއ. ތޮއްޑޫ
21:00: އދ. ހަންޏާމީދޫ - އދ. ކުނބުރުދޫ
21:00: އދ. މަހިބަދޫ - އދ. އޮމަަދޫ
22:00: ޅ. ހިންނަވަރު - ޅ. ނައިފަރު
22:00: ޅ. ކުރެންދޫ - ޅ. އޮޅުވެލިފުށި
23:00: ވ. ފުލިދޫ - ވ. ކެޔޮދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަން އާއި އިސްދޫ ސެމީ އަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަން އާއި އިސްދޫ ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ